ހޮންކޮންގް ޗެލެންޖް ކަޕް 2025ގައި 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިޢު ދެ ޓީމާއި ބައްދަލުކުރައްވައިފިއެވެ.
ހޮންކޮންގް ޗެލެންޖްކަޕް 2025 ގައި ވާދަކޮށް ސީނިއާ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ހޮންކޮންގް ބައުހީނިއާ ކަޕުގައި ވާދަކޮށް 21 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ.
ހެންވޭރު ބޯޅަގޭގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ރާފިއު ވަނީ ކުޅުންތެރިންނާއި ޓީމުގެ ކޯޗުންނާއި އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ. އަދި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެއްވާ ކުރިޔަށް ހުރި މުބާރާތްތަކުގައިވެސް ރަނގަޅު ނަތީޖާ ހޯދުމަށް އެދިވަޑައިގެންނެވިއެވެ.
މި މަހުގެ 5-8 އަށް ހޮންކޮންގްގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ސީނިއަރ ނެޓްބޯޅަ ޓީމުން ދެވަނަ ހޯދިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮންކޮންގްއެވެ. ހޮންކޮންގަކީ އޭޝިއާގެ ނެޓްބޯޅައިގެ ރޭންކިންގެ ހަތަރުވަނައެވެ.
ރާއްޖޭގެ 21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމު ވަނީ ހޮންކޮންގް ބައުހީނިއާ ކަޕުގައި ވާދަކޮށް ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު ވަނީ މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްފައެވެ.
ރާއްޖޭގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރީ މުބާރާތް ބޭއްވި ގައުމުކަމަށްވާ ހޮންކޮންގް، ޗައިނީޒް ޓައިޕޭ އަދި އިންޑިއާއެވެ.