ސީޕީ ކަޕް ފުޓްސަލް މުބާރާތް ފަށައިފި

Loading

Facebook
Twitter
WhatsApp

ކޮންމެ އަހަރަކު ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްސަލް މުބާރާތް ފަށައިފިއެވެ.

މިއީ ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.

އެ މުބާރާތް ރޭ ފަށާފައި ވަނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

އެ މުބާރާތަކީ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކޮށް ކުޅިވަރުގެ ތެރެއިން ފުޓްސަލް ކުޅުމަށް ޝައުގުވެރިވާ ފުލުހުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ފުލުހުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

އެގޮތުން އެއީ މުވައްޒަފުންނަށް ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނާއި ފުލުހުންނަކީ ދުޅަހެޔޮ ބަޔަކަށްވުމަށް ބާރު އެޅުމާއި މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ފޯރިއާއި ޖޯޝް ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ ގޮތުން ފުލުހުންގެ މުއައްސަސާގެ އެކި ބަހާތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށްދަނީ ދެ ޑިވިޜަނަކަށް ބަހާލައިގެންނެވެ. އެގޮތުން ފިރިހެން ޑިވިޜަންގެ 32 ޓީމާއި އަންހެން ޑިވިޜަންގެ އަށް ޓީމާއެކު ޖުމްލަ 40 ޓީމަކުން މި މުބާރާތުގައި ވާދަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް