ފަލަސްތީނު ދޫކޮށް ކަލޭމެން އައިތާކަށްދޭ!

Loading

Facebook
Twitter
WhatsApp

އިސްރާއީލު ދޫކޮށް އަވަހަށް ދިޔުމަށް އިސްރާއީލުގެ އާންމުންނަށް އިރާނުން ކުއްލި އެންގުމެއް އަންގައިފިއެވެ.


ރައްދު ހަމަލާތައް ވަރުގަދަ ކޮށްފައިވުމުން ޔަހޫދީ ރައްޔިތުން އިސްރާއީލު ދޫކޮށް އަވަހަށް ދިޔުމަށް އިރާނުން ވަނީ އިލްތިމާސްކޮށްފައެވެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ދާދި ދެންމެ އަކު ގެނެސްދިން އަސްކަރިއްޔާގެ ޚާއްސަ އެންގުމެއްގައި ބުނީ އިސްރާއީލުން ހިފާފައިވާ ފަަލަސްތީނުގެ ބިން ދޫކޮށް ޔަހޫދީން ވީ އެންމެ އަވަހަކަށް ދިޔުމަށް އަންގާ ކަމަށެވެ.

އަދި މިވަގުތުވެސް އިސްރާއީލުގެ ސަރުކާރުގެ އިމާރާތްތަކާއި އަސްކަރިއްޔާގެ އިމާރާތްތަކާއި ވީހާވެސް ދުރަށް ދިޔުމަށް އަންގާކަމަށެވެ. ބަލަބަލައި ތިއްބައި އަންހެނުންުންނާއި ކުޑަކުދިންމަރާ މުޖުރިމުންގެ ދައުލަތުގެ ނިމުން އައިސް އަރައި ހަމަކުރަނީއެވެ.

ފަލަސްތީނުގެ ކުށެއްނެތް އަޚުންނާއި އުޚުތުންގެ ހައްގުތައް އަބުރާ އިއާދަވުމުގެ ފެހިސިގުނަލް ލިބުމުގެ ކޮޅުމަތި މުޅިއިސްލާމީ އުއްމަތުގެ ލޯބި ލިބިފައިވާ މުސްލިމު އުއްމަތުގެ ފަޚުރުކަމުގައިވާ އީރާނުން ފަހިކޮށްދެނީތާއެވެ. ބައްލަވާށެވެ. އަޑުއައްސަވާށެވެ. ފަލަސްތިނުގެ ހައްގުގައި އީރާނާއި އީރާނުގެ އަތުގައިވާ ހުރިހާ އެއްޗެއް އެ ގުރުބާން ކޮށްލަނީއެވެ.

ކޮންފަދަ ޚުލްގު ހެޔޮ މުސްލިމު އުއްމަތް ދެކެ ލޯބިވާ ވެރިންތަކެއްހެއްޔެވެ. މުޅި އީރާނާއި އެ ގައުމުގައިވާ ހުރިހާ އެއްޗެއް އެ ގުރުބާން ކޮށްލަނީ އުއްމަތުގެ ދެވަނަ ހިތް ކަމުގައިވާ މަސްޖިދުލް އަގުސާގެ ހިމާޔަތުގައެވެ.މާތް އީރާނުގެ ވެރިންގެ އަޒުމާއި އީމާންތެރިކަން ވަރުގަދަ ކުރައްވައި މި ޖިހާދުގައި ޝަހީދުވެ ގޮސްފައިވާ އެއްމެހާ ޝަހީދުނަށް ސުވަރުގޭގެ އެއްމެ މަތީދަރަޖަ މިންވަރު ކުރައްވާށި..އާމީން…

Loading

3 Responses

  1. އަސްލުވެސް ވަރަށް ބޮޑު ތެދެކެވެ. އިސްލާމުންނޭ ކިޔައިގެން އުޅޭ އަހަރެމެން މިއީ ހާދަ ފިނޑި ބައެކޭ ހިތައް އަރައިފިއެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް