އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން މިނިސްޓަރު ޒަމީރު ތަޢުޒިޔާ ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ އަހްމަދުއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި ގިނަ އަދަދެއްގެ މީހުން ނިޔާވި ހާދިސާއާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ މެދުވެރިކޮށް ފޮނުއްވި މެސެޖުގައި ވަޒީރު ވިދާޅުވީ އަހްމަދުއާބާދު ކައިރިން އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާއާމެދު ހިތާމަކުރައްވާ ކަމުގައެވެ.

އެގޮތުން މިނިސްޓަރު ވަނީ މި ހާދިސާގައި ގެއްލުންވި ފަރާތްތަކާއި، އެ ފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުންވެސް މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން އޮތީ އަވަށްޓެހި އިންޑިއާގެ ރައްޔިތުންނާއެކު ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ އަރުވައިފައެވެ.

އިންޑިޔާގެ އަހުމަދު އާބާދުން ލަންޑަން އަށް ދިއުމަށް ދަތުރުފެށި މަތިންދާބޯޓެއް، ފުރިތާ 5 މިނިޓް ތެރޭގައި ވެއްޓި ޖުމްލަ 242 ފަސިންޖަރުންނާއެކު ދަތުރުކުރި އެ ބޯޓު ވަނީ އެއާޕޯޓް ޕެރިމީޓަރުގެ ތެރޭގައިވާ އިމާރާތްތަކެއްގެ މައްޗަށް ވެއްޓިފައެވެ.

އެ ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް