އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ.
އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް އެދި އެންޓި ސްކޭމް ސެންޓަރުން މިއަދު ބުނީ މިފަދަ ސްކޭމްތަކުގައި ހިމެނެނީ އާދަޔާ ޚިލާފް ބޮޑެތި ފައިދާ ލިބޭނެ ކަމަށް ބުނެ ހިންގާ އަސްލެއް ނެތް ސްކީމްތަކެއް ކަމަށެވެ.
އެގޮތުން ހަމައެކަނި CMDA ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއެކު މުޢާމަލާތްކުރުމަށާއި އިންވެސްޓްމަންޓް ޕްލެޓް ފޯމްތައް ވެރިފައި ކުރުމަށްވެސް އެންޓި ސްކޭމް ސްނެޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެ ސެންޓަރުން ވަނީ މިފަދަ މުހިންމު މައުލޫމާތު އެހެން ފަރާތްތަކާވެސް ހިއްސާކޮށް އާއިލާ އާއި ރަހުމަތްތެރިން ސްކޭމްތަކުން ސަލާމަތް ކުރުމަށް އެހީތެރިވުމަށް ގޮވާލާފައެވެ.
މީގެ އިތުރުން މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކޮށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.