ޒުވާނުންނަށް އަމާޒުކޮށްގެން ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި އޫރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޔޫތު މިިނިސްޓްރީން ބުނީ މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 24 ވަނަ ދުވަހު ކަމަށެވެ.
މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ ދާއިރާތަކާއި، އެޕްރެންޓިސްޝިޕް ފުރުސަތުތަކާއި، އަދި ކުންފުނީގެ އޮނިގަނޑާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެ ކަމަށެވެ.