މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ 5 ވަނަ އޭޓީއާރު މަތިންދާބޯޓު ގެނެސްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ 5 ވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ.

އެ ބޯޓު ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ވަނީ އަރުވާފައެވެ.

އައިިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ބްރޭންޑް ނިއު މަތިންދާބޯޓު ގެނެވެމުން އެ އެއާލައިންގެ ޓެކްނިކަލް ރިލައިބިލިޓީ މިހާރު ވަނީ ވަރަށް ބޮޑަށް އިމްޕްރޫވްކުރެވިފައި ކަމަށެވެ.

ހަމައެހެންމެ އެ އެއާލައިންގެ އޮންޓައިމް ޕާފޯމެންސްވެސް ވަރަށް ބޮޑަށް ރަނގަޅުކުރެވިގެންދާނެ ކަމަށާއި މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ކެބިންއެއްކަމަށްވުމުން ދަތުރުކުރާ ފަސިންޖަރުންގެ އެކްސްޕީރިއެންސްވެސް ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ރާއްޖެއަށް އޭޓީއާރު މަރުކާގެ މަތިންދާބޯޓެއް ގެނައީ 2023 ވަނަ އަހަރެވެ.

މޯލްޑިވިއަންގެ ފްލީޓަށް އިތުރު ބޯޓެއް އިތުރު ކުރުމާއެކު ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. މި އައު މަތިންދާބޯޓު އިތުރުކުރުމަކީ އެ އެއާލައިންގެ ޚިދުމަތް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް