ށ.ފުނަދޫ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މޯލްޑިވިއަން އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައެވެ.
އެ އެއާލައިނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުނަދޫ އެއާޕޯޓް ބަންދުކޮށްފައިވާތީ މިއަދު އެ އެއާލައިންގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން އެކަމުގެ ސަބަބުން ދަތުރުތަކަށް އަސަރުކުރި ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
އަދި އެ ފަސިންޖަރުންނާއި މުއާމަލާތްކުރަމުން ގެންދާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެފައިވެެއެވެ.
މީގެ އިތުރުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މޯލްޑިވިއަންގެ ކޯލްސެންޓަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން ވަނީ އެދިފައެވެ.