ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ފުލުުހުން ފަށައިފި

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ފުލުުހުން ފަށައިފިއެވެ.

މިއަދު މެންދުރު 12:40 ހާއިރު މާލެއާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންްޓު ގޮސްފައި ވާތީ އެކަން ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

އެހެންކަމުން އެކަމާއި ގުޅޭ ތަހުގީގެެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު މެންދުރު ބުނެފައެވެ.

އެގޮތުން މުޅި މާލެ ސަރަހައްދަށް އެއްކޮށް ކަރަންޓު ދީފައި ވާއިރު މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެހެންކަމުން ފުލުހުން ބުނީ މި މަސައްކަތްތައް، ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރެވި އާންމު ހާލަތަށް ގެނެވެންދެން ކުރިއަށްދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް