ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 147 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 18 އިން 30އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
އެގޮތުން މި މައްސަލަތަކުގައި ޖުމްލަ 899,348.43 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 147,132.00ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން 8 މައްސަލައިގައި ޖުމުލަ ގެއްލުނު ފައިސާ އަނބުރާ ހޯދިފަވާއިރު 3 މައްސަލައެއްގައި އެކިމިންވަރަށް އަނބުރާ ފައިސާ ހޯދިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.