ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް ކުޑަކޮށްދެއްވަން ރައީސް އެދިވަޑައިގެންފިއެވެ.
އެގޮތުން 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް ކުޑަކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް މުޢިއްޒުގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ކުޑަކޮށްދެއްވައި، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް، ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.
ރައީސްގެ މި ދެންނެވުމާއި ގުޅިގެން، ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް ކުޑަ ކުރައްވަން ހުށަހެޅުއްވި ގޮތް ވެސް، އެ ޕޯސްޓްގައި ވަނީ ތަފްޞީލުކޮށް ދެއްވާފައެވެ.
![]()
