އައިނު ހައްދަން އާސަންދައިންދޭ 1،000 ރުފިޔާގެ ބަދަލުގައި 2،000 ރުފިޔާ ދޭން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާނު ކުރައްވާފައި ވަނީ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވެފައިވާ އެއް ވައުދަކީ އައިނު ހެއްދުމަށް އާސަންދައިން ދާ 1000 ރުފިޔާ ބޮޑުކޮށްދެއްވުން ކަމަށެވެ. އެ ވައުދާއި އެއްގޮތަށް އައިނު ހެއްދުމަށް އާސަންދައިން ދޭ 1000 ރުފިޔާ ބޮޑުކޮށްދޭން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދާ ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”މިހާރު އަޅުގަނޑުވާނީ ކަމާއި ބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާ، ޖޫން 1 އިން ފެށިގެން އައިނު ހެއްދުމަށްޓަކާ ދޭ 1000 ރުފިޔާ 2000 ރުފިޔާއަށް ބޮޑު ކުރެވިގެންދާނެ“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅު ކުރަން ސަރުކާރުން ކުރިއަށް ދާނީ ރައްޔިތުން އިސްކޮށްގެން، ގޮންޖެހުންތައް ހައްލުކޮށްގެން ކަމަށެވެ.
One Response
މުއީޒު ތިޔަނިއްމީވަރައްރަގަޅުނިއްމުމެއް.