ހަތަރު ރަށެއްގައި ރަސްމީކޮށް ޑަޔަލިސިސްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

Loading

Facebook
Twitter
WhatsApp

ހަތަރު ރަށެއްގައި ސަރުކާރުން ޤާއިމުކުރި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފިއެވެ.

އެ ހަތަރު ރަށުގެ ޑަޔަލިސިސް ޚިދުމަތް ފައްޓަވައިދެއްވާފައި ވަނީ ބާސެލޯ ނަސަންދުރާގައި ބޭއްވި ދުނިޔޭގެ ޞިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

އެގޮތުން އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ އަތޮޅު ހޮސްޕިޓަލް އަދި ގއ އަތޮޅު ހޮސްޕިޓަލުގެއެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ހއ އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒު، އަދި 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ނ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓަށް ވަނީ އެނދު އިތުރުކޮށްފައެވެ.

މިހާރު ރާއްޖޭގައި ޑައިލިސިސް ގެ ޚިދުމަތް ނުފެށިވަނީ އއ، އދ، ވ ، މ، ފ އަދި ދ އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މި ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް