ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް ފުލުހުން ބަަލަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިރޭ ބުނީ ތ. އަތޮޅުރަށެއްގައި ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:55 ހާއިރު ކަމަށް ފުލުުހުން ހާމަކުރެއެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާއަށް މި ވަގުތު ފަރުވާ ދެމުން އަންނަނީ އެ އަތޮޅު ވޭމަންޑޫ ސިއްހީ މަރުކަޒުގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
![]()
