ހދ. ނޮޅިވަރަމްގައި މޫދަށް އެރި އުޅެނިކޮށް އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ 65 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިރޭ ބުނީ އުމުރުން ދުވަސްވީ މީހަކު މިއަދުގެ 11:30 ހާއިރު މަސްގަންނަން ދިޔަފަހުން ހަބަރެއް ނުވެގެން ހަވީރު 17:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.
އެގޮތުން އޭނާ ހޯދަމުންދަނިކޮށް ފެނިފައި ވަނީ ނޮޅިވަރަމްގެ އޮޑިއެހެލާ ސަރަހައްދުގެ މޫދުގައި ނިޔާވެފައި އޮއްވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށެވެ.
![]()
