ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
ރައުދު ބަންދުން ދޫކޮށްލާފައި ވަނީ މިއަދު ހެނދުނުއެވެ.
ހައިކޯޓުން މިއަދު ބުނީ ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލާފައިވާތީ، ރައުދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އޭނާ ބަންދުން ދޫކޮށްލާފައި މިވަނީ އެންމެ ފަހުން އޭނާގެ ބަނދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ.
މިކަމާއި ގުޅޭގޮތުން ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.
މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އެވެ.
ފުލުހުން ވަނީ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން އެރޭ ޔުމްނުއާއެެކު މއ. މާންދޫގޭދެކުނުގެއަށް ދިޔަ 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އަދި އެ 8 މީހުންނާ ގުޅުންހުރި ތަންތަންވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
![]()

One Response
ހިންޏެއްގެ މޫނުމައްޗަށް ވަލު ކަބިއްޔެއް ފޮޑިޔެއް ޖަހާލި ފަދަ