ނޭޗަރ ޕާކު ގާއިމުކުރަން އެމްޓީޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

 ހދ. ކޭލަކުނު އަދި ށ. ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި ނޭޗަރ ޕާކުތައް ގާއިމުކުރުމަށްޓަކައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

އެގޮތުން މި މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ޓެކްނިކަލް ލަފައާ އެއްގޮތްވާ ގޮތުގެ މަތިން ހަތަރު މަރުހަލާއަކަށް ބަހާލައިގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ނޭޗަރ ޕާކުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، އެކި ދާއިރާތަކަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ރަށްތަކުގެ ޤުދުރަތީ ރީތިކަމާއި، ކާނި ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭ ނޭޗަރ ޕާކުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ސަރުކާރުން ދެކެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް