ފަލަސްތީން

Loading

Facebook
Twitter
WhatsApp

ފަލަސްޠީނުގެ ބިންތައްވެސް ހިމެނޭގޮތުން ހިޖާޒުކަރަ އާއި ޝާމުކަރައަކީ ތުރުކީގައި އޮތް އުޘްމާނީ ޚިލާފަތުގެ ދަށުގައި ހުޅަނގުގެ އެއްވެސް ނުފޫޛެއް ނެތި 400 ޤަރުނު ވަންދެން ވެރިކަންކުރަމުން އައި ސަރަހައްދެކެވެ.


އިސްލާމީ އުންމަތާއި އަދި ޢަރަބިންގެ މެދުގައިވެސް މާބޮޑެތި މައްސަލަތަކެއް ނެތި ވެރިކަން ހިނގަމުން ދަނިކޮށް އުޘްމާނީ ޚިލާފަތާއި ދެކޮޅަށް ހިޖާޒުކަރައިގެ އަމިއްލަ އެދުން ބޮޑެތި ބައެއް ޤަބީލާތަކުގެ މެދުގައި ބަޣާވާތެއް ހިންގަން ފެނުނެވެ.
އެބަޣާވާތުގެ އިސް މީހަކަށް ހުންނެވިކަމަށްވަނީ ،ޝަރީފް ބިން ޙުސައިން ބިން ޢަލީ އެވެ. މިކަން ހިނގީ ފުރަތަމަ ބޮޑުހަނގުރާމައިގެ ދުވަސްވަރު 1916 ވަނައަހަރުގައެވެ.

މި ބަޣާވާތް ފެށުމާއެކު ހުޅަގުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް އިނގިރޭސިވިލާތާއި ފްރާންސް ޢަރަބި ބަޢްވަތާއި ގުޅިގަތެވެ. އެގޮތުން އިނގިރޭސިންގެ ޖާސޫސީ އިންޓެލިޖެންސް އޮފިސަރެއްކަމަށްވާ ތާމަސް އެޑްވަޑު ލޯރެންސް މިހާރުގެ ސަޢޫދީ މިކިޔާ ސަރަހަށްދު އަށް ފޮނުއްވިއެވެ. އޭނާ ސަޢޫދީގައި ދެއަހަރާއި ހަމަސް ދުވަހު ހުރިކަމަށްވެއެވެ.
އޭނާ މަސައްކަތްކުރީ އާދައިގެ މީހެއްގޮތުގައި ދެއްކިގެން ކޮމިޔުކޭޝަން އޮފިސަރު ގޮތުގައެވެ.
އޭނާގެ މަސައްކަތަކީ ބަޣާވާތުގެ ލީޑަރު ޝަރީފް ޙުސައިން ބުނި އަލީގެ ފިރިހެން ދަރި ސެހެޒާދާ ފައިޞަލަށް އެހީތެރިވުމެވެ.
ވަކި ހިސާބަކަށް މަސައްކަތް ދިޔުމުން ބަޣާވާތްކުރި މީހުންނަށް ވެރިކަމެއް ހޯދައިދިނުމަށް އިނގިރޭސިވިލާތުން ފްރާންސް އެކަމުގައި ރަނގަޅަށް ބައިވެރި ކުރުވިއެވެ. މިހިސާބަށް ދިޔައިރު އިނގިރޭސިން ޢަރަބި ޤަބީލާތަކާއި އެކު ކުރި ހަނގުރާމާގައި އިނގިރޭސިވިލާތުން މިހާރުގެ އިރާޤުގެ ބަޝަރާ އާއި ބަޤުދާދު، އަދި މޫޞަލް،ކޮންޓްރޯލް ނެގިއެވެ.
ޢުޘްމާނީ ޚިލާފަތާއި ދެކޮޅަށް ހަނގުރާމަކޮށް މި ބަޣާވާތް ކުރުމުގެ ކުރިން 1918 ވަނަ އަހަރާއި ހަމައަށް 400 ޤަރުނުވަންދެން ހިޖާޒު ކަރައޮތީ ޢުޘްމާނީ ޚިލާފަތު ގެ ދަށުގައެވެ. 1918 ވަނައަރު ބަޣާވަތުގެ ލީޑަރު شريف حسين بن علي ގެ ޤިޔާދަތުގައި އޮތް ލަޝްކަރުން ސީރިޔާގެ ވެރިރަށް ދިމިޝްޤުހިފިއެވެ. އަދި 1920 ވަނަ އަހަރު ކުރި ހަނގުރާމާގައި އިރާޤުގެ ދިމިޝްޤު ވެސް ހިފިއެވެ. އެދަނޑިވަޅުބަލައި އަވަސް އަރުވާލުމަށް ފަހު އިސްލާމީ އުންމަތުގެ ޢަރަބިގެ ބިންތައް ބަހާލުމުގެ މަސައްކަތް ފްރާންސް އާއި އިނގިރޭސި ވިލާތުން ޙީލަތްތެރި ކަމާއިއެކު ފެށިއެވެ. އެކަމުގައި އިޓަލީ އާއި ޖަރުމަނު ވެސް ބައިވެރިކުރުވިއެވެ.
އެއަށް ފަހު ހިޖާޒުކަރައިގެ ބިންތައް ބަހާލުމުގެ މަކަރުވެރި ނިޔަތުގައި، ޤަބީލާތައް އެއްތަން ކުރުމުގެ ނަމުގައި އަމަން ކޮންފަރެންސް ނަމުގައި ކޮންފަރެންސެއް ބޭއްވުނެވެ.
މިކޮންފަރެންސް ބޭއްވީ މިހާރު އުރުދުން ގެ ސަރަހައްދުގައި އޮތް އައްމާން ކިޔާރަށުގައެވެ. އެހެންކަމުން އެ ކޮންފަރެންސް އަށް އަމަން ކޮންފަރެންސް ގެ ނަމުން ނަން ދިނެވެ. މިއީ ވެސް އެދުވަސްވަރު ޙިޖާޒުކަރައިގެ ސަރަހައްދެވެ.
މިސަރަހައްދު އޮންނަނީ އުރުދުންގެ ހުޅަގުގައެވެ. ޢުޘްމާނީ ޚިލާފަތާއި ދެކޮޅަށް ބުނެވިދިޔަ ބައެއް ޢަރަބި ގަބިލާތަކުން ކުރި ބަޣާވާތް ނިމުމުން އިނގިރޭސިވިލާތާއި ފްރާންސުން އެމީހުންގެ ބާރު ވަރުގަދަކޮށް، ބަޢާވާތުގެ އިސްވެރިއަކަށް ހުންނެވި شريف حسين بن علي ގެ ދަރިކަލުން ސެހެދާ ޝާހުފައިޞަލު ޤައުމު ބޭރުކޮށްލިއެވެ. އަދި ފަހުން އިނގިރޭސިންގެ ދަޢުވަތަކަށް އިނގިރޭސިވިލާތަށް ގޮސް ހުންނަވަނިކޮށް ނިޔާވިއެވެ. މަރާލީ ކަމަށްވެސް ބުނެވެއެވެ!

ބޮޑަށް ތުޙުމަތުކުރެވެނީ މަރާލީކަމަށެވެ. އެއަށް ފަހު ޝާހު ފައިޞަލުގެ ރަސްކަން އިނގިރޭސިން ވައްޓާލުމުގެ ބަދަލު ހިފުމަށް 2000 ހަނގުރާމަވެރިންނާ އެކު 1920 ގައި ބޮޑުބޭބޭ ޢަބްދުﷲ ޢައްމާނަށް ދިޔައެވެ. އެހެން ނަމަވެސް އިނގިރޭސިން ފަހުން ބާޢާވާތުގެ ޢަރަބިންގެ ބޮޑުންގެ މައްޗަށް ގަދަވެގަނެ އެމީހުނަށް ކެހި ދިނުމަށްފަހު 1920 ގައި އިޓަލީގައި ބޭއްވުނު އަމަން ކޮންފަރެންސް އަށް ފަހު ޢުޘްމާނީ ޚިލާފަތުގެ ދަށުގައި އޮތް ބިޔަ ހިޖާޒުކަރައިގެ ބިންތައް ބަހާލުމަށް ނިންމިއެވެ.
މިގޮތުން ލުބުނާނާއި ސީރިޔާ ފަރަންސޭސިވިލާތާއި ޙަވާލުކޮށް، އުރުދުނާއި ފަލަސް ޠީނު ހިމެނޭ ބިންތައް އިނގިރޭސިވިލާތަށް ހަމަޖެއްސީއެވެ. އޭރު އުރުދުންގެ ބާރުތައް އޮތީ عبدالله بن الحسين ގެ އަތުގައެވެ.

އޭގެ 23 އަހަރު ފަހުން އުރުދުންގައި އިނގިރޭސިން ގެ ބެލެނިވެރިކަމުގެ ދަށުގައި އޮންނަ ގޮތަށް 1946 ގައި އުރުދުން މިނިވަން ޤައުމެއް ގޮތުގައި އުފެއްދިއެވެ.
އެއަށް ފަހު 1928 ގައި އެކުލަވާލި ޤާނޫނު އަސާސީ ގެ ދަށުން އުރުދުންގެ މައްޗަށް ޚާރިޖީ އަދި އިޤްތިޞާދީ ބަސްކިޔުން އޮންނަ ގޮތަށް އިނގިރޭސި ސަރުކާރަށް ބާރުތަކެއް ނެގިއެވެ. ސައޫދީ ޢަރަބިއްޔާގައި މިހާރު މިއޮތްޝާހީ ރަސް ކަމަކީ ވެސް ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު ޢުޘްމާނީ ޚިލާފަތާއި ދެކޮޅަށް ހިޖާޒުކަރާގެ ޤަބީލާތަކުން ކުރި ބަޣާވާތާއި ގުޅިގެން އިނގިރޭސި ވިލާތާއި ފްރާންސުގެ އެހީތެރިކަމާއެކު އުފެއްދި ރަސްކަމެކެވެ.

ޢަރަބިކަރަ ނުވަތަ ހިޖާޒުކަރައިގެ ބިންތައް ބެހުމުގައި އިނގިރޭސިންގެ އިތުރަށް ބައިވެރިވެފައިވަނީ ފްރާންސް ، އާއި ޖަރުމަނާއި އިޓަލީ އެވެ. އެމެރިކާ ފަލަސްޠީނުގެ ތެރެއަށް ވެއްދިީ ރަޝިޔާ އަށްވުރެ ވެސް މާފަހުންނެވެ.
ފަލަސްޠީނުގެ ބިމުގައި އިޒްރޭލަށް ޤައުމެއް އުފައްދައި ދިނުމަށް ޢަރަބިން އޭރު އެއްބަސްވީ ފަލަސްޠީނުގެ ދައުލަތް ވެސް ޤަބޫލު ކުރާނެކަމަށް އިނގިރޭސިވިލާތުން އިޓަލީގެ ދޯމުގައި ބޭއްވި އަމަން ކޮންފަރެންސުގައި ނިންމާފައިވުމުން ކަމަށްވެއެވެ. އެހެން ނަމަވެސް މިހާތަނަށް އިނގިރޭސިންގެ އެވަޢުދު ފުއްދާ ދީފައި ނުވެއެވެ.
އެހެންކަމުން ޢަރަބިންނަށާއި މުސްލިމު އުއްމަތަށް މިހާރު މެދުވެރިވެފައިވާ ހުރިހާ މުޞީބާތެއް މެދުވެރިވުމުގެ އަސްލަކީ ، މޮޅުގޮތް ހޯދުމަށް ޢަރަބި ގަބިލާތަކަުން، އިނގިރޭސީންގެ ކެހިވެރިކަމުގައިޖެހި ޢުޘްމާނީ ޚިލާފަތާއި ދެކޮޅަށް ހިޖާޒުކަރައިގެ ޤަބީލާތަކަކުން ކުރި ބަޣާވާތެވެ. އެހެންވެ ކިތަމެ ދުރަށް ދެމިގެން އައި ހާދިސާއަކަށް ވީނަމަވެސް މިއަދު ވެސް ބަޣާވާތްކުރި މީހުން ތިބެން ޖެހިފައިވަނީ ، ބަޣާވާތް ކުރުމަށް ފަހު ބައިއަތު ހިފި ހުޅަނގުގެ އިސްތިޢުމާރީ ދައުލަތްތަކުގެ ދަށުން ސަލާމަތް ނުވެވިފައިކަން ފާހަގަވެއެވެ.
އޭގެ ހިތި ނަތީޖާ، މިއަދު އިސްލާމީ އުންމަތް މިދަނީ ދެކެމުންނެވެ.
ދެ ބިލިއަން މުސްލިމުންނަށް ފަލަސްތީން، ގާޒާގައި ހިނގަމުން އެގެންދާ ގަތުލުއާންމު، އެ ކާފަރުން ތަކުގެ ޓެރަރިޒަމް ނުހުއްޓުވުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް