ހުޅުމާލެ ހޮސްޕިޓަލުގައި 14 އެނދުގެ އިމަރޖެންސީ ރޫމެއް ތަރައްޤީކޮށް ޚިދުމަތްފަށަން ތައްޔާރުވެއްޖެ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ހޮސްޕިޓަލުގައި ތަރައްޤީކުރި 14 އެނދުގެ އިމަރޖެންސީ ރޫމްގެ މަސައްކަތް ނިމި ޚިދުމަތްފަށަން ތައްޔާރުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް، މޫސާ ކަލީމް ޤާސިމް ވިދާޅުވީ، ހޮސްޕިޓަލުގެ އިމަރޖެންސީ ވޯޑުގެ އެނދުތައް މަދުވުމުގެ ސަބަބުން ހޮސްޕިޓަލަށް ކުއްލި ފަރުވާ ހޯދުމަށްދާ ފަރާތްތައް އެހެން ހޮސްޕިޓަލުތަކަށް ފޮނުވާލަން ޖެހިފައިވާ ކަމަށެވެ.

ނަމަވެސް އަލަށް ތަރައްޤީކުރި އިމަޖެންސީ ރޫމުގެ މަސައްކަތް ނިމި މިހަފްތާގެ ތެރޭގައި އެއްކޮށް ނިންމާ ޚިދުމަތްދޭން ފަށަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު އެނދުތައްވެސް ގެނެސް އެހެން ތަކެއްޗާއެކު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަލީމް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުގައި އަލަށް ތަރައްޤީ ކުރި އިމަޖެންސީ ރޫމުގައި 14 އެނދު ހުންނާނެ ކަމަށް އައިޖީއެމްޗުން މީގެ ކުރިން ވަނީ ބުނެފައެވެ. މިހާރު އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ޚިދުމަތްދެމުން އަންނަނީ 7 އެނދުގެ ތަނެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް