1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިޔާއަށް ފުރާވަޑައިގެންފިއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް އެ މިޝަންއިން ކުރަމުންދާނެ ކަމަށެވެ.
ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި ވުޒާރާގެ ޙައްޖު ސެކްޝަންގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން އަދި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނެއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ފުރާނެއެވެ.
One Response
ދިވެހި ސަރުކާރުން ފޮރިން މިނިސްޓްރީގެ ދާއިމީ ކޮންސިއުލަރ އޮފީހެއް ޖިއްދާގަ ހުންނައިރު އަދި އެއޮފީހުގެ އޮފިޟަލުންނަކީ ޑިޕްލޮމަޓުންގެ ގޮތުގައި ތިބޭބަޔަކަށް ވާއިރު އެމީހުންނަށް ނުކުރެވުނު ކަމެއް އިސްލާމިކް މިނިސްޓްރީން ފޮނުވާބަޔަކަށްކުރެވޭނެބާއެވެ؟؟؟