ރައުދުގެ ބަންދަށް 20 ދުވަސް ޖަހައިފި!

Loading

Facebook
Twitter
WhatsApp

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް އިތުރު 20 ދުވަސް މިއަދު ޖަހައިފިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައި ވަނީ މާރިޗު 24 ވަނަ ދުވަހުގެ ރޭ 6:20 އެހާ ކަންހާއިރުއެވެ.

އަދި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ ބަންދަަށް ޖެހީ ފަސް ދުވަހެވެ. އޭގެފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން އިތުރު ފަސް ދުވަސް ވަނީ ޖަހާފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 20 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެގޮތުން މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެ.

މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އެވެ.

ފުލުހުން ވަނީ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން އެރޭ ޔުމްނުއާއެެކު މއ. މާންދޫގޭދެކުނުގެއަށް ދިޔަ 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. ފުލުހުން ވަނީ އެ 8 މީހުންގެ ވަނަވަރުވެސް ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅުންހުރި 8 މީހުންނަކީ:

ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ

އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ

އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް

އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ

ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ

ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، 28، ހ. މީނާޒް

އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު

ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ

ފުލުހުން ވަނީ އެ 8 މީހުންނާ ގުޅުންހުރި ތަންތަންވެސް ބަލައި ފާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް