ދައުލަތުގެ އިސްމަގާމުތަކުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތް ހަދަނީ

Loading

Facebook
Twitter
WhatsApp

ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުތަކުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭގޮތް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ަރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުންނެވެ.

އެ ޕޮޑްކާސްޓުގައި ވާހަަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނުވަތަ ކައުންސިލް މެމްބަރެއް އެ މަގާމުގައި ބަހައްޓަން ބޭނުން ނުވާ ނަމަ ރައްޔިތުންގެ ވޯޓަކުން ވަކި ކުރެވޭ ގޮތަށް ހަދައި އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ މިކަން ބަދަލުކުރަން ޖެހޭ ކަމަށާއި އެގޮތަށް އެ ކަން ބަދަލުކޮށްގެން މެނުވީ ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ނުކުރެވޭނެ ކަމަށެވެ.

”ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރެވިގެންދާނީ އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް ރައްޔިތުންގެ އަތް މައްޗަށް ދިނުމުން“ ރައީސް ވިދާޅުވިއެވެ.

”ރައްޔިތުންގެ ވޯޓުން ހޮވާ މެމްބަރެއް އެ ރައްޔިތުންނަށް ވަކި ކުރެވޭނެ ގޮތެއް ނެތް ދީފައެއް.ރައްޔިތުން އޭނަ ވަކި ކުރަން ބޭނުން ވަންޏާ ވަކި ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން މި ހުށަހަޅަނީ“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ އިންސާފުވެރި ގޮތަކީ ރައްޔިތުންގެ އަތަށް އެ ބާރު އަބަދު ވެސް ލިބޭ ގޮތަށް އޮތުން ކަމަށެވެ.

މީގެ އިތުރުން ވަކި ގައުމެއްގައި ކަންކުރާ އުސޫލުން ރާއްޖޭގައި ކަންކަން ކުރަން ނުޖެހޭ ކަމަށާއި ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވި، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް