މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެ: ރައީސް

Loading

Facebook
Twitter
WhatsApp

 މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނަރުހުންގެ ދުވަހާގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެ ހިޠާބުގައި ވަނީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ފޮނުއްވާފައެވެ.

ރައީސްގެ ހިޠާބުގައި ވިދާޅުވީ ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެކަމަށެވެ. މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމުގައި ވިދާޅުވެފައިވެއެވެ. އަދި ނަރުހުންނަށް ފައިދާ ހުރި އެތައްކަމެއް، އިސްކަންދީގެން، މި ސަރުކާރުން ފަހިކޮށްދޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއްކަމަށާއި ނަރުހުންގެ ޚިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ޚިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުޢާ، އެތައް ގުނައަކަށް އިތުރު، މާތް މަސައްކަތެއްކަމުގައި ރައީސްގެ ހިޠާބުގައި ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް