އިންޑިޔާގެ ނިރުބަވެރި ޙަމަލާ ޕާކިސްތާނުގެ ބޮލުގައި އަޅުވާ މުޅި ސަރަހައްދު ނުރައްކާ ކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ޖުއްމޫ ކަޝްމީރުގައި ކާކުކަން ނޭނގޭ ބަޔަކު ހިންގި ނިރުބަވެރި ޙަމަލާއެއްގައި 26 މީހަކު މަރުވުމާއި ގުޅިގެން ، އެކަން ޕާކިސްތާނު ބޮލުގައި އަޅުވައި ، ޕާކިސްތާން ކޮންޓްރޯލްކުރާ އާޒާދު ކަޝްމީރުގެ ސަރަހައްދުތަކަށް އިންޑިޔާއިން ދިން އުދުވާނީ ޙަމަލާތަކެއްގައި ޕާކިސްތާނުގެ 31 މީހަކު ޝަހީދުވެ 57 މީހުން ޒަޚަމްވި ހާދިސާއަށް ރައްދުގައި ޕާކިސްތާނުން ދިން ޙަމަލާތަކުގައި ،އިންޑިޔާގެ 5 ފައިޓަރ ޖެޓް 31 ޑްރޯން އެކެއް ބްރިގޭޑް ހެޑްކުއާރޓާޒް ޙަލާކުކޮށްލުމުގެ އިތުރުން ގިނަ ޢަދަދެއްގެ ސިފައިންގެ ޕޯސްޓްތަކެއް ހަލާކުކޮށްލައި 50 ސިފައިން މަރާލައި 5 ފައިޓަރ ޖެޓް ވައްޓާލެވި އަދި 29 ޑްރޯން ވައްޓާލާފައި ވާނެކަމަށް ޕާކިސްތާނުގެ އަޝްކަރިއްޔާ އިން ބުނެފިއެވެ.

ނަމަވެސް ހަނގުރާމައިގެ އުކުޅެއްގެ ގޮތުން އިންޑިޔާގެ ސިފައިންނާއި ރައްޔިތުން މާޔޫސްވިޔަ ނުދިނުމުގެ ވޮތުން އިންޑިޔާ ވަނީ މިކަމަށް އިޢްތިރާފް ވުމަށް އިންކާރުކޮށް ، ޕާކިސްތާނުގެ ޙަމަލާތަކުގައި މަރުވެފައިވަނީ 15 ސިފައިންކަމަށް ބުނެފައިވެއެވެ.
އިންޑިޔާ ކޮންޓްރޯލްކުރާ ކަޝްމީރުގައި ޓެރަރިސްޓް ޙަމަލާ ހިންގި ބަޔަކު މިހާރަށް އަދި ހޯދިފައި ނުވާކަމަށް ވެއެވެ. އެހެން ނަމަވެސް އެކަމުގައި ނުވަ މީހެއްގެ މައްޗަށް ތުޙުމަތުކޮށް އެ ހުރިހާ ޢާއިލާއެއްގެ ގެދޮރު އިންޑިޔާ ސިފައިން މިހާރުވަނީ ބިމާ ހަމަކޮށްފައެވެ.
ކަޝްމީރުގައި ހިންގި ބަޑި ޖެހުމުގެ ޙާދިސާއަކީ މުސްލިމުންނާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އިޒްރޭލާއި ގުޅިގެން ހިންގިކަމެއްގެ ގޮތުގަައި ވެދާނެކަމަށް މުސްލިމު ގިނަ ގައުމުތަކުގެ ރައްޔަތުން ވަނީ ގޮވަންފަށައިފައެވެ.
އެބުނާ ބަޑި ޖެހުމުގެ ޙާދިސާ ހިންގި ސަރަހައްދުގައި ސެކިޔުރިޓީ ކެމެރާ އާއި ސެކިޔުރިޓީން ނެތްއިރުމެ، އެ ޙަމަލާ ދެވުނުތަާ 5 މިނެޓްގެ ތެރޭގައި އެކަމުގެ ތުޙުމަތު ޕާކިސްތާނުގެ ބޮލުގައި އަޅުވައި އިންޑިޔާއިން ހަނގުރާމަ އިއުލާނު ކުރުމަކީ މިކަމަށް ބާރުދޭކަމެއް ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ.
އިންޑިޔާގެ ވެރިކަން ހިންދޫންގެ ހަރުކަށި އުޞޫލުތައް ގެންގުޅޭ ބީ.ޖޭ.ޕީ. އާއި އާރު. އެސް. އެސް ޖަމާޢަތަށް ލިބުމަށް ފަހު އިންޑިޔާގެ ކޮންމެ ރައްޔިތަކަށް އިންޑިޔާގެ ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤުތައް މުސްލިމުންނަށާއި ބައިމަދު އެހެން ނަސްލުތަކުގެ ރައްޔިތުންނަށް ލިބިދިނުމުގައި ބޮޑެތި ތަފާތުކުރުން ގެންގުޅެމުން އަންނަ މައްސަލާގައި އިންޑިޔާގައި މެދު ނުކެނޑި ހަމަނުޖެހުންތައް އިތުރުވެފައި ވެއެވެ.

އެހެންކަމުން އިންޑިޔާގެ ޙަމަލާތަކުގެ ރައްދުގައި ޕާކިސްތާނުން ދީފާނެ ރައްދު ޙަމަލާތައް ވަރުގަދަވެއްޖެ ނަމަ ބޮޑުވަޒީރު ނަރެންދުރަ މޯޑީ އާއި ދެކޮޅަށް ގިނަ ރައްޔިތުންތަކެއް އުތުރިއަރާފާނެ ކަމަށް ބަލައި އިންޑިޔާގެ ހުރިހާ ސްޓޭޓެއް ކުއްލި ޙާލަތަށް ގެނެސް މަގުތައް ބަންދުކޮށް ޓްރެފިކް ކޮންޓްރޯލް ކުރަމުން އަންނަށް ފަށައިފި ކަމަށް މީޑިއާ ތަކުން ބުނެފިއެވެ.

އަނެއްކޮޅުން ބަނގުލަދޭޝްގެ ކުރީގެ ރައީސް ޝައިޚް ޙަސީނާ ގެ ވެރިކަމުގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާއި މީހުން މެރުމުގެ ޙާދިސާތަކަށް އަޅާނުލައި އިންޑިޔާ އޮތުމާއި ، އެކަންކަމަށް އިންޑިޔާ އެހީތެރިވެދީފައި ވުމާއި ޙަސީނާއަށް އިންޑިޔާއިން ޙިމާޔަތް ދޭ މައްސަލާގައި އެދެޤައުމުގެ މެދުގައި އަރާރުން އުފެދިފައި ވުމުން ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ، ބަނގުލަދޭޝް ގެ ފަރާތުން ޕާކިސްތާނަށް އެހީތެރިކަން ދީފާނެކަމުގެ ކަންބޮޑުވުން ވެސް އިންޑާ އަށް އޮތްކަމަށް ވެއެވެ.
މިފަދަ ހިނގުރާމައެއ ފެނިއްޖެނަމަ ވަރަށް އަވަހަށް އެކަމުގެ ނެތެވެ އަހަރު ރާއްޖެއަށް ކުރާނެކަމީ ޝައްކެއް އޮތކަމެއް ނޫނެވެ. ވީމާ “ ރައްކާވެ ތިބިއްޔާ ދަތުރޭ “ ބުނާތީވެ، ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ދިވެހި ސަރުކާރުން ލަސްނުކޮށް އެޅުމަށް ގޮވާލަމެވެ

Loading

One Response

  1. އަނެއްކާ އަނެއް ދިނީ ނަސްލީ ހަނގުރާމަ، ހިންދޫން އެ ފެއްޓީއެވެ. ނަަތަންޔާހޫ ކައިރިން މޯޑީ އެދުރުވީތާއެވެ. ވަރަށް ދެރަ ނުރައްކާތެރި ކަމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް