ގައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސޯޝަލް މިނިސްޓްރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ”އުފާ ފެމިލީ ފެސްވިޓަލް“ ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
ސޯޝަލް މިނިސްޓްރީން ބުނި ގޮތުގައި އެ ހަވީރު ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ހަމައަށް ހުޅުމާލެ ފެސް-2 ”ހިޔާ ޕާކު“ ސަރަހައްދުގައި ކަމަށެވެ.
ރޮބޯމޭންގެ ހަރަކާތްތަކާއި ފޯމް ޕާޓީއާއި ބައުންސިން ކާސަލާއި ބައުންސިން ހޯސް ރައިޑިންއާއި ބުލް ބޭޝާއި އޯބީޒް ޝޫޓިންއާއި ބަބުލް ހައުސް އަދި ވެކް އަ މޯލް ފަދަ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ގިނަ ގޭމްތަކެއް ”އުފާ ފެމިލީ ފެސްޓިވަލް“ ހުންނާނެ ކަމަށް ސޯޝަލް މިނިސްޓްރީން
މީގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބިގެންދިއުމުގެ އިތުރުން، ޓްރާންފޯމާސް އާއި ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައްވެސް އެ ތަނުގައި އެ ދުވަހު ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭގަނޑު 20:00 ގައި ހާއްސަ މޫވީ ނައިޓެއް ހުޅުމާލޭ ފޭސް -2 ޕާކުގައި ބާއްވާނެއެވެ. އެ މޫވީނައިޓަކީ އުރީދޫއާއި ސޯޝަލް ވުޒާރާ ގުޅިގެން ބާއްވާ މޫވީ ނައިޓެކެވެ.