ދައުލަތަކީ ކޮބައިކަން އޮޅި ބޮޑުވަރިހަމައިގާ ސަރުކާރުތައް އޮޕަރޭޓް ކުރެވިގެން ނުވާނެއެވެ.
ދައުލަތުގެ މުދަލާއި ފައިސާ އާއި ރައްޔިތުންގެ ފުރާނަ އާއި ޢަބުރު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ،ކޮންމެ ސަރުކާރެއްގެ މައްޗަށް ވެސް މަތި ކުރެވިފައިވާ ޤާނޫނީ ޒިންމާއެކެވެ.
ރާއްޖެ އަށް ހުޅަގުގެ ޑިމޮކްރަސީ އައި ފަހުން ރަނގަޅު ކަންކަމަށް ވުރެ ބޮޑަށް ޕްރޮމޯޓް ކުރަމުން އަންނަތަން ފެންނަނީ ގެއްލުންހުރި ކަންކަމާއި މަންޒަރު ތަކެވެ. މިހާރު ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިއުޅެނީ އަކީ ސިސްޓަމްގެ މައްސަލައެއް ނޫނެވެ. ވެރިކަން ކޮށްދިނުމަށްއިސްވާ ބަޔަކު އެމީހުން ކުރި ވައުދުތަކާއި ކުރި ހުވާތައް ބޮލާޖަހައި އަމިއްލަ އެދުން އިސްކޮށް އަމިއްލަ ނަފުސައްވެސް އޮޅުވޭ ހިސާބަށް އަމިއްލަ އެދުން ދަނީކަމުގައެވެ.
އަނެއް ބަޔަކު ބުނާގޮތުގައި މިކަންކަން މިގޮތަށް މެދުވެރިވަނީ ހެޔޮވަރުވޭތޯ ނުބަލައި، ރާއްޖެއަށް ފިޓްވާވަރަށްވުރެ ބޮޑު ޑިމޮކްރަސީއެއް ގެނަސް ބާރުކޮށް ލައްވަން އުޅުމުން ފަތިތައް ކޮށައިގެންގޮސް އިރައިގެން ދިޔުމުންނެވެ.
ރައްޔިތުންގެ ހޭލުންތެރިކަން ހުރިވަރަށް ވުރެ އަވަހަށް ޑިމޮކްރަސީ ތަންފީޛްކުރަން އުޅުމެވެ.
ފުރަތަމަ ޑިމޮކްރަސީގެ ދަށުން އެކުލަވާލި ސަރުކާރު އުފެއްދުމުގެ ފުރުޞަތު ލިބުނީ ހުޅަގުގެ އާދަކާދަ ތަކާއި ދިރިއުޅުމަށް އާދަވެފައިވާ ޚަރާމް ހަލާލަށް މާބޮޑަށް ބެލުމެއް ނެތި ޕާޓީގެ ސިޔާސަތާއި، ޒާތީ އެޖެންޑާއެއް ގެންގުޅުނު ބަޔަކަށްވުމޭވެސް ބުނެތެވެ. ރާއްޖޭގެ ކަންކަން ހަމަ މަގަށް
އަޅުވައި ޤިބުލައަށް ސީދާ ކުރާނަމަ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ޙައްޤަކާ ނުލައި ސިޔާސީ ބޭނުމަށް ޤަތުލު ކުރެވިފައިވާ މީހުންގެ ޢާއިލާތަކަށް އިންޞާފު ހޯދައި ދިނުމެވެ. މިކަމަކީ މިހާރު ހުއްޓިފައިވާ ކަމެކެވެ. ހުރިހާ ސަރުކާރެއްގެ މވެސް ފުރަތަމަ ކެމްޕޭން ޕްރޮމިސްއަކީ އިންސާފު ގެއްލިފައިވާ އެންމެނަށް އަވަހަށް އިންސާފު ހޯދައި ދިނުމެވެ.
އެހެނަސް ވެރިކަމުގެ ހުވާކުރުމުން ޕްރޮއަރިޓި ގެއްލި އަވަސްވެ ގަންނަތަން ފެންނަނީ ދައުލަތުން ނަފާ ހޯދުމަށާއި ވެރިކަމުގެ ދެވަނަ ދައުރަކަށެވެ.
އަޑުހަރުކޮށް އިއްޔެގޮވި ގޮވެލފަތިތައް ހަނދާނެއް ނުހުރެއެވެ. އެވާހަކަތައް ހަނދާން ކޮށްދީފިނަމަ އެއީ މަށާއި އިދިކޮޅު އަދި އެ ސަރުކާރެއް ދެކެ ނުރުހޭ އަދާވާތްތެރިއަކަށް ހަދައެވެ.
މިހެން ނުބުނެވޭނީ ކިހިނަކުންތޯއެވެ؟
ޑރ.އަފްރާޝީމް ޤަތުލު ކުރުމަށް ފައިސާ ދިން މީހުންނާއި އެކަމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމެވެ. އެނޫން ގޮތްގޮތުން ޤަތުލު ކޮށްފައިވާ މީހުންގެ ޢާއިލާތަކަށް ވެސް އިންޞާފު ހޯދައި ނުދީގެން ކަރުނަ އަޅާ ސަރުކާރުތަކަށް ސަލާމްޖަހަމުން މިއަދާ ހަމަޔަށްވެސް އެބަ ތިއްބެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.
ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން އެމް.ޑީ.ޕީ ވެރިކަން ކުރި ދެ ދައުރުގަ އާއި ރައީސް ޔާމީންގެ ވެރިކަން ނިމުނީ ދައުލަތުގެ މުދަލާއި، ފައިސާއަށް ވެފައިވާ ޚިޔާނާތްތަކާއި، ވައްކަންތައް ބަލައި، އެ ފައިސާތައް ދައުލަތަށް ނު ހޯދިއެވެ . އަދި ޚިޔާނާތާއި ވައްކަމުގައި ބައިވެރިވި މީހުންނާއި ގާތިލުންނަށް ޙައްޤު އަދަބު ނުދެވިއެވެ. މިހުރިހާކަމެއް ރެއާއި ދުވާލު ނުކޮށް މިޤައުމު މިދާ ގޮތަށް ދިޔުމަށް ވަރިހަމަ ކޮށްލައިފި ނަމަ ވެރިކަމުގައި ތިބި ބަޔަކު ފިޔަވައި، މިރާއްޖޭގައި މުޅިން ވެސް ތިބޭނީ ގެއްލުމުގެ ޝިކާރަކަށް ވެފައިވާ މޮޔައިންނެވެ. ނުވަތަ އެންމެން ތިބޭނީ ، ޑިޕްރެޝަންގައެވެ. މަހުޖަނުންގޮތުގައި ތިބޭނީ ، ވެރިކަމުން ޖާގައެއް ލިބުނު މީހެކެވެ.
ރައީސުންވެސް ރައްޔިތުންގެ ފަޅީގައި ހުރިކަން ރައްޔިތުމީހާއަށް ނިކަން ދައްކާލަން ޖެހެއެވެ. ހަމަ ގައިމުވެސް ޢަދުލު އިންޞާފަކީ މުޖުތަމަޢުގެ ހަމަޖެހުމެވެ.
One Response
އެއްވެސް މަރަކަށް އިންސާފެއް ނުލިބުނު. އަންނި މަރާލުން އުޅު ސަބަބެއް އަންނި މަރާލަން އިންވެސްޓް ކުރި ބަޔަކުވެސް ނުހޯދުނެވެ.