ހޫތީންގެ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން ޔަމަނަށް ވައިގެ ހަމަލާތައް ވަރުގަދަކޮށްފި

Loading

Facebook
Twitter
WhatsApp

އިއްޔެ އެމެރިކާއިން ވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ވަރުގަދަކޮށްފައެވެ. މިކަމުގެ ސަބަބުން ޔަމަނުގެ އެތެރޭގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްފައެވެ.

މީގެ ތެރޭގައި ކާބޯތަކެތި ލިބުމުގެ ދަތިކަމާއި ސާފު ބޯފެން ލިބުން ހިމެނެއެވެ. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހޫތީން ދެމުންގެންދާ ހަމަލާތަކުގެ އެންމެ ފަހުގެ ހަމަލާ އަމާޒުވެފައިވަނީ ރަތް ކަނޑުގައި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށާއި އިސްރާއީލުގެ ތަންތަނަށް ކަމަށް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާއިން ދިންހަމަލާތަކާއި ގުޅިގެން، ޔަމަނުގެ ހޫތީން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މިހާތަނަށް 53 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ފަސް ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭ އިރު، އިތުރު 98 މީހުން ޒަހަމްވެފައިވާއިރު އޭގެ ތެރެއިން 18 މީހުންނަކީ ކުޑަކުދިންނެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ގައުމުގެ ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާއިން މި ހަމަލާތައް އަމާޒުކުރާ ސަބަބެއްގެގޮތުގައި ބުނަނީ ދުނިޔޭގެ ވިޔަފާރީގެ މުހިންމު، ރަތް ކަނޑުގެ ޝިޕިން ލޭންތަކަށް ހޫތީން ދިން އިންޒާރުތަކާއި، ޣައްޒާގައި ހަމާސް އަށް ތާއީދުކުރާތީއާއި އިޒުރޭލަށް ހަމަލާ ދޭތީ، އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ވަރުގަދަ ކެމްޕެއިންގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތައް ފުޅާވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދެނީ، ޔަމަނު އިތުރަށް ހަލަބޮލިވެ، އެތައް މިލިއަން ބަޔަކަށް ކާރިސާގެ ނުރައްކާ ބޮޑުވެ، އީރާނަށް ތާއީދުކުރާ ހޫތީންގެ ބަދަލުހިފުމުގެ ހަމަލާތައް ދީ، އެމެރިކާގެ މުދަލަށް ނުވަތަ ސައުދީ އަރަބިއްޔާ ފަދަ ބައިވެރިންނަށް އަމާޒުކޮށް ހަމަލާތައް ދީފާނެ ކަމަށެވެ. އިންޖީނުގެތަކާއި ގެތައް ހިމެނޭ ގޮތަށް މަދަނީ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ސާދާގެ ދަހިޔާން ސިޓީއަށް ވަނީ ކަރަންޓު ނުލިބި ދޫކޮށްފައެވެ.

މަރުވާ މީހުންގެ ޢަދަދު އިތުރުވެ، ޑިސްޕްލޭސްމަންޓް އިތުރުވަމުންދާއިރު، ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ދަނީ ނުރައްކާތެރި ކާރިސާއެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ދެމުންނެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ފިޔަވަޅެއް ފެނިފައި ނުވާތީ، މިއީ ޔަމަނުގައި ދިހަ ވަރަކަށް އަހަރު ވަންދެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ އެންމެ ނުރައްކާތެރި މަރުހަލާއަކަށް ބަދަލުވެ، ބޭރުގެ އިތުރު ބާރުތައް އުފެދި، އެކަމުގެ ގެއްލުން އާންމުންނަށް އުފުލަން ޖެހިދާނެ ކަމުގެ ބިރު ތަޖުރިބާކާރުން ދަނީ ފާޅުކުރަމުންނެވެ.

Loading

One Response

  1. ހުރިހާ ނުބަޔަކީ ތި އެމެރިކާއެވެ. އިޒްރޭލަން މުސްލިމުންނާ ދިމާލަށް އަތްއުފުލާލަންވެސް ނުކެރުނީސް ތި އެމެރިކާއިން އެމީހުނަށް އެ ހިންގާ ގަތުލު އާންމު ހިންގަން ފައިސާޔާއި ބޭނުންވާ ހުރިހާ ހަރިޔާރެއް ނުދޭނަމަ. ހަމަ އެހެންމެ ތި އަރަބި ގައުމުތަގައި ތިއުޅޭ ރަސްރަސްކަލުންނާއި އަމީރުންތައް ދީނަށް އެވަރަށް ޙަރާމްކޯރު ނުވާނަމަވެސް ލާހިކެއްނޫން މުޙައްމަދު ރަސޫލުﷲގެ އުންމަތައް މިގޮތައް ޙަމަލާދީ ފުނޑާލާކަށެވެ. ވަރަށް ނުލަފާ ދެފުށްކެހެރި ޢަރަބި ވެރީންތަކެއް. މާތްﷲ އާއި ބައްދަލުވާދުވަހު ރަސޫލް ކިބައިން ޝިފާ ލިބެން ބޭނުންވާ ދުވަހު އެބައިގަނޑު ދައްކާނީ ކޮން މޫނެއް ބާވައެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް