ފަލަސްޠީނުގެ ޣައްޒާގެ ބިންތައްވެރިކޮށް ކޮންޓްރޯލު ހޯދުމަށް ޙަމާސް ޖަމާޢަތާއި ހަނގުރާމަ ކުރަނީ، ހަމައެކަނި ޔާހޫދީންނެއް ނޫނެވެ.
ފަތަޙަޖަމާޢަތުން ރާމަށް ﷲ ގައި ހިންގާ ފަލަސްޠީން އޮތޯރިޓީ ވެސް ވެސް ޝާމިލުވެ އެވެ.
ފަތަޙަ ޖަމާޢަތަކީ ފަލަސްޠީނުގެ ބިންތަ ފޭރިގަތުމަށް ފަސޭހަކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ދެބަޔަކަށް ބަހާލުމަށް ފަހު އެމެރިކާ އާއި އިޒްރޭލާއި ހުޅަގުގެ ޤައުމުތަކުން ފައިސާގެ އެހީތެރިވެދޭ ސެކިއުލަރ ސިޔާސަތުގެ ޖަމާޢަތެކެވެ.
އެޖަމާޢަތުގެ ވެރިއަކީ މަޙްމޫދުޢައްބާސް އެވެ. ފަލަސްޠީނު އޮތޯރިޓީ އަށް މިޞްރާއި ސައޫދީ ޢަރަބިއްޔާ އާއި އުރުދުން އާއި ޔޫ.އޭ.އީ. އާއި ބަހުރައިން ފަދަ ޤައުމުތަކުން އެހީތެރިވެދެއެވެ. އެމެރިކާ އާއި އިނގިރޭސިވިލާތާއި ، އިސްވެ ދެންނެވުނު ބައެއް ޢަރަބި ޤައުމުތަކުން ބޭނުންވެ ބައިނަލްއަޤްވާމީގޮތުން ފަލަސްޠީނުގެ ރައްޔިތުން ތަމްޝީލު ކުރާ ޖަމާޢަތެއް ކަމަށް ކަނޑައަޅާފައިވަނީ ، ޢައްބާސްގެ ޖަމާޢަތުން ރާމަށް ﷲ ގައި ހިންގާ ފަލަސްޠީނު އޮތޯރިޓީ އެވެ.
އެއްދުވަސްވަރެއްގައި ސައޫދީ ޢަރަބިއްޔާ އާއި މިޞްރުން ވެސް ޙަމާސް ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށްދެކުނެވެ.
އެއީ މާބޮޑު ރައްޔިތުންގެ ބައިވެރިކުރުމެއް ، ނެތް ވެރިކަން ދެމެހެއްޓުމުގައި އެމެރިކާގެ އެއްބާރުކުމާއި ނުފޫޛު ބޭނުންވާ ޤައުމުތަކެވެ. ފަލަސްޠީން އޮތޯރިޓީ އަކީ މާބޮޑު ބާރުތަކެއް ދީފައިވާ އޮތޯރިޓީއެއް ނޫނެވެ ، ފަކަސްޠީނު އޮތޯރިޓީ އަށް އިސްލާމީ ޤައުމުތަކުން ސަރުކާރެއްގެ ޙައިސިއްތު ދީފައި ވީނަމަވެސް އިޒްރޭލުން ދެކެނީ އެއީ އިޒްރޭލުން ބުނާހާ ގޮތަކަށް ކަންކުރާގޮތަށް އޮންނަ ފަލަސްޠީނު ސަރަޙައްދަށް ކަނޑައަޅާފައި އޮންނަ މުނިސިޕަލް ކައުންސިލް ގޮތުގައެވެ.
ޢައްބާސްގެ ފަތަހަ ޖައާމަތުން ފަލަސްޠީނު މިނިވަންކުރަން ކުރާ މަސައްކަތުގައި ބަރޯސާ ވަނީ ، އެމެރިކާ އަށެވެ. ޙަމާސްޖަމާޢަތުން ޤަބޫލުކުރާ ގޮތަކީ ޖިހާދު ކޮށްގެން ނޫނީ ފަލަސްޠީން މިނިވަން ނުކުރެވޭނެކަމަށެވެ. ސަބަބަކީ ވާހަކަ ދައްކައިގެން ޞުލްޙަވެރިކަމާއެކު މިހާތަނަށް ކުރި ކޮންމެ މަސައްކަތަކާއި އިޒްރޭލު ޚިލާފު ވެފައިވުމެވެ. އިޒްރޭލުން ވެސް އެމެރިކާ ވެސް ދެކޭގޮތަކީ ، ޙަމާސް ނައްތާލެވިއްޖެ ނަމަ ފަލަސްޠީން ގެ ބިންތައްވެރިކޮށްގެން ތާއަބަދަށްފަލަސްޠީން އަޅުވެތިކަމުގައި ބޭއްވޭނެކަމަށެވެ