ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރި އެ ކުންފުނީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން މަގާމުން ވަކިކޮށްފިއެވެ.
ފާއިދާއި ޔާމީން ވަކިކުރި ސަބަބާއި އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އެޗްޑީސީން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
ފާއިދާއި ޔާމީން ސަސްޕެންޑްކުރީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްސަލަތައް ބަލަން ފެށުމާ އެކު އެވެ.
ފާއިދާއި ޔާމީން ހިމެނޭ ގޮތަށް 15 މުވައްޒަފަކު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މަގާމުން ވަކިކުރި ނަމަވެސް ވަކި ހިސާބަކުން އެ އެންމެންގެ ވަޒީފާ އަލުން އިޔާދަކުރި އެވެ. އެކަމަކު، މައްސަލަތައް ބަލައި ނިމެންދެން ތިބީ ސަސްޕެންޑްކޮށްފަ އެވެ.
ބިންވެރިޔާ ސްކީމާ ގުޅޭ ތަހުގީގަށް ސަސްޕެންޑްކުރި ބައެއް މީހުންނަށް އެޅި ފިޔަވަޅުތައް އުވާލާފައިވާކަމަށް އެޗްޑީސީން ކުރިން ވަނީ ބުނެފަ އެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކުރުމާ އެކު، އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ.
One Response
އަސްލު ވަގު ހިފިގެން ތި ސަކަރާތް ހުށްޓޭނީ. ޝަހީމަށް އެވަރުގެ ބިމެއް ބިޑަށްނުލާ ހަދިޔާ ކުރި ގޮތެއްވެސް ބޭފުޅާ ބައްލަވަން ޖެހޭނެއެވެ. ގައިމުވެސް މައުރޫފް ޖަމީލަކީ ރައީސް ބުނެގެންވެސް ވައްކަން ކުރާނެ މީހެއް ނޫނޭ ބައެއް ބޮޑުން އެބަ ބުނެއެވެ. އެހެންކަމަށް ވަންޏާއި އެފަދަ ބިން އެފަދަ މީހުނަށް ބަހާލިގޮތެއް ހޯއްދަވައި ރައްޔަތުންގެ ޙައްގުމުދަލުން ފޭރިފާވާނަމަ އެކަން ހަމަޔަކަށް އަޅުވަން ޖެހޭނެއެވެ. އެނޫނީ އިސްތިޢުފާ ދެއްވާފައި ޢާއިލާގެ ނަން ކިލަބުނުކުރައްވާ އިސްތިޢުފާ ދެއްވަން ޖެހޭނެއެވެ. ހެޔޮވާނީ ކިހިނެއް ކުންފުނި ހަދައިގެން ދައުލަތުގެ ޚަޒާނާއިން ޚަރަދުކޮށްގެން ހިއްކައިފައިވާ ދައުލަތުގެ (ރައްޔަތުންގެ) ބިންތައް ހަމަ ހިތުހުރިގޮތަކަށް ބަހާ ވެދުން ކުރަން. ސަހަރޯ ހީވާވަރު ވެއްޖެއެވެ.