ދުނިޔެއަށް އަންނަ ކޮންމެ ފެށުމަކަށް ނިމުމެއް އަންނާނެޔޭ ބުނާ އުސޫލުން މިއަދު އަހަރެމެންގެ އެންމެ ގާތް ރަހްމަތްތެރިއެއް ކަމަށް ބަލަމުން އަންނަ މޯބައިލް ފޯނުވެސް އަހަރެމެންނާ އަލްވިދާ ކިޔަން ކައިރިވެއްޖެ ކަހަލައެވެ.
މޯބައިލް ފޯނަކާ ނުލައި ދެން ދިރިއުޅުން ހޭދަކުރާނީ ކިހެނެއްބާވައެވެ! މިއީ ކޮންމެ މީހަކުވެސް އަނެކާއާއި ކުރާނެ ސުވާލެކެވެ. ސިޓީ ބިޓީ ލިއެގެން ޖަވާބަކަށް އިންތިޒާރުކުރި ދުވަސް ހިތަށް ގެންނަންވެސް މިހާރު އުދަނގޫ ވާނެއެވެ.
ޓެކްނޯލޮޖީ ކުންފުނިތަކުގެ އިރާދާއަކީ މޯބައިލް ފޯނަށްވުރެން ކުރިއަރާފައިވާ ނިޒާމެއް ދުނިޔެއަށް ގެނައުމެވެ. އަހަރެމެންގެ ޑިޖިޓަލް ދިރިއުޅުމުގެ ޕްލެޓްފޯރމްގައި ދެން ފެނިގެން އަންނާނީ ސްމާރޓް ގްލާސްކަމަށް މީޓާގެ ޗީފް އެގްޒެކެޓިވް އޮފިސަރ މާރކް ޒަކަރބާރގް އިއުލާން ކޮށްފިއެވެ. އަދި އެ ބަދަލު ވަރަށް ކައިރި މުސްތަގްބަލެއްގައި ހަގީގަތަކަށްވެގެންދާނެކަމަށް އުންމީދު ކުރާ ކަމުގައި ވަރަށްފަހުން އޭނާދިން އިންޓަރވިއު އެއްގައި ވަނީ ހާމަކޮށްފައެވެ.
ކޮންމެއަކަސް މިހާރު ސްމާރޓްފޯނު އަތްގައި ނެތި ދިރިއުޅުން މަޖްބޫރު ކުރުވާނެ ހާލަތަކަށް ޓެކްނޯލޮޖީގެ ދަތުރު މިއޮތީ އަމާޒުކޮށްފައެވެ. އަހަރެމެންނަށް ޖެހޭނީ ޒަމާނާ އެއްގޮތަށް ބަދަލުވާށެވެ. ތެދުތެދަށް ވާހަކަ ދައްކާނަމަ ގިނަ މީހުންނަށް ސްމާރޓްފޯނުގެ ހަގީގީ ބޭނުންތައް އަދިވެސް ނޭގެއެވެ. ހަމައެއާއެކު އެންމެ ފަހުގެ އައި-ފޯނަށް އޮންނަ ކިއޫ ހައްތާވެސް ދަނީ ދިގުވަމުންކަން އެއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. ފުރިހަމައަށް އޭގެ ބޭނުންކުރަން އެނގުނަސް ނޭންގުނަށް އެންމެ ފަހުގެ އައި-ފޯނެއް އަތުގައި އޮތުން ދެކެނީ ޝަރަފެއް ކަމުގައެވެ.
ސްމާރޓް ފޯނަކީ މާޒީ ކަމުގައިވެ ސްމާރޓް ގްލާސްގެ ދައުރު ފެށުން އެއީ ވަރަށް ކައިރިން ފެންނަ ހަގީގަތެއް ކަމުގައި ޓެކްނޯލޮޖީ ކުންފުނިތަކުންނާއި އަދި މާރކް ޒުކަރބާރގް ވެސް ވަނީ ޔަގީންކަން ދީފައެވެ. އަދި އެ ކުންފުނިތަކުން ގެންދަނީ ފާސްޓް-ޓްރެކްގައި ތައްޔާރީތައް ވަމުންނެވެ. ކައިރި މުސްތަގްބަލްގައި އެންމެ ފާހަގަކުރެވޭނެ ކަމަކީ ސްމާރޓް ގްލާސް ތައާރުފް ވެގެން ދިއުން ކަމުގައި އޭނާ ބުނެފައިވެއެވެ. ހަމަކަށަވަރުންވެސް އެއީ ބޭނުންކުރަން ފަސޭހަ ތަޖްރިބާއަކަށް ވެގެންދާނެއެވެ. އަދި ސޯޝަލް ބޭނުންތަކަށް ސްމާރޓް ގްލާސް ވެގެންދާނީ ސްމާރޓް ފޯނަށް ވުރެން މާތަނަވަސް ޕްލެޓްފޯރމަކަށެވެ.
ސްމާރޓް ފޯނުގެ ބަދަލުގައި ސްމާރޓް ގްލާސް އައިނެއް ބޭނުންކޮށްގެން މުވާސަލާތީ ހުރިހާ ވަސީލަތެއް ފުރިހަމަ ވެގެން ދިއުމަކީ ސައެންސް ފިކްޝަން ފިލްމުތްކުން ނޫނީ ހަވަފެނުން ނޫނީ ފެނިދާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް މާރކް ޒަކަރބާރގް ޔަގީންކޮށްދެމުން ގެންދަނީ އުންމީދުކުރާ ދުވަހަށްވުރެން މާކުރިން އެއީ ހަގީގަތަކަށް ވާނެކަމަށެވެ.
ޓެކްނޯލޮޖީ ކުންފުނިތަކުން މިހާރުވެސް ގެންދަނީ މި ބަދަލަށްޓަކައި ބޮޑެތި އިންވެސްޓްތައް ކުރަމުންނެވެ. މިކަމުގައި އެންމެ ކުރީ ސަފުތައި ތިބީ އެޕަލް އާއި މީޓާ އެވެ. އެޕަލްގެ ވިޝަން-ޕްރޯ އާއި މީޓާގެ އޯރިއޯން ސްމާރޓް ގްލާސް އަކީ އެންމެ ފުރަތަމަ ނަމޫނާ އުފެއްދުން ކަމަށް ވެގެންދާނެއެވެ.
މާރކް ޒަކަރބާރގް ބުނެފައިވާ ގޮތުގައި މީޓާގެ އޯރިއޯން ސްމާރޓް ގްލާސްގެ ސަބަބުން ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ސްމާރޓްފޯނު އެއްކޮށް އުވިގެންދާނެއެވެ. 2030 ވަނައަހަރު ގިނަބަޔަކު ސްމާރޓް ފޯނުގެ ބަދަލުގައި ސްމާރޓް ގްލާސް ބޭނުންކުރާތަން ދުށުމަކީ އަހަރެންގެ އުންމީދެވެ.
ކުރިއަށް އޮތް ދިހަވަރަކަށް އަހަރަކީ ސްމާރޓްފޯނުގެ ހަނދާންތައް ގޭގެ މަތާރަން ފިލާމަތީގައި ހިރަފޮހުން މޮޑެވޭނެ ދުވަސްތަކެކެވެ. ލޮލުގައި އަޅާފައި އޮން ސްމާރޓް ގްލާސްއަކީ ދިރިއުޅުމުގެ އާ ރަޙްމަތްތެރިޔާއެވެ.
3 Responses
ކާފަމެން ބުނެއުޅޭ ވާހައެއް ހަނދާނަން އަންނަނީ. ގިޔާމަތް ވުމުގެ ކުރިން ތިމާ އަރާހުންނަ ފައިވާނުގެ ވަދު ތިމާ ވާހަކަ ދައްކާނެޔޯ. އަހަރެމެން މި ދަތުރުކުރަނީ އެދިމާލަށްތާ.
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އުލެން ވަރަށް އުނދަގޫ ވޭ. އެއީ މާ ފަހުރު ވެރި ވާ ކަމެއްނޫން. އޭރު ސިޓީ ލިއުނިމަ އެ ރޯ ކިޔާ އެއްޗެއް އަރައިގެން އުޅޭ ކަށް ނުޖެހޭ. ހިލޭ ދީނަށް މަބެނުމެއްނުން.
އޭރު ސިޓީ ލިއުނިމަ އެ ރޯ ކިޔާ އެއްޗެއް ނާ ރާ. ހިލޭ ބެހިޔަސް ބޭ ނުމެއްނުން. މާ ފަހުރު ވެރި ވާ ކަމެއްނޫން އައި ފޯނު އޮތުމަކި. ކަންދައްކަން ދަރައިވިކިގެން ކޮންމެހެން ކުރަންޖެހޭ ކަމެއްނޫން. އައި ފޯނު ގަތުމަކި. ސަންދޮކައް ނުލެވޭނެ ޔަގީން ނޫން ވެސް.