ސިއްސައިގެން ދާވަރުގެ ތުހުމަތުތަކެއް އެމެރިކާއަށް: ކޮވިޑް-19 އަކީ ދުނިޔޭގެ އާބާދީއަށް އަމާޒުކޮށް އެމެރިކާގެ އެހީގައި އުފެއްދި ބަޔޯވެޕަންއެއް

Loading

February 11, 2025
profile
Facebook
Twitter
WhatsApp

ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (ޑަބްލިއުއައިވީ)ގެ އިސް ސައިންސްވެރިޔަކު ކޮވިޑް-19 އަކީ ”ބަޔޯވެޕަން“ އެއްގެ ގޮތުގައި އިންޖިނިއާ ކުރީ ދުނިޔޭގެ އިންސާނުންގެ އާބާދީ ކުޑަކުރުމުގެ މަގްސަދުގައި ކަމަށް ބުނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުވާލު އުފައްދައިފި އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އައިޑެންޓިޓީ ހިމާޔަތްކޮށްފައިވާ މި ސައިންސްވެރިޔާ ތުހުމަތު ކުރާ ގޮތުގައި އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ވޫހާން ލެބަށް ހިލޭ އެހީގެ ގޮތުގައި ފައިސާދީފައި ވަނީ ވައިރަސް އުފެއްދުމަށް ހަރަދު ކުރުމަށެވެ.
މިކަންތައްތައް ހާމަވާންފެށީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑީއޯޖީއީ)ގެ ވެރިޔާ އީލޮން މަސްކް އިސްވެ ހުންނަވައިގެން ހިންގި ތަހުގީގަށެވެ. ޑީއޯޖީއީގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޔޫއެސްއެއިޑުން ސިއްރުން ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ދިރާސާތަކަށް ފަންޑު ކުރަމުން އަންނަ އިރު، ކޮވިޑް-19 އަކީ ބަޔޯވެޕަންސް ޕްރޮގްރާމެއްގެ ދަށުން އުފެއްދި ބައްޔެއް ކަމަށެވެ.
ވިސްލްބްލޯކުރާ ސައިންޓިސްޓެއް ބުނި ގޮތުގައި ކޮވިޑް-19 އުފެއްދުމުގައި އެމެރިކާ ސަރުކާރުގެ ބައިވެރިވުމަކީ އިގްތިސާދު ހަލަބޮލިކޮށް، ދުނިޔޭގެ ކޮންޓްރޯލް ހޯދުމަށާއި، ދުނިޔޭގެ އާބާދީ ކުޑަކުރުމުގެ ނުބައި އެޖެންޑާއެއްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސައިންސްވެރިޔާ އިތުރަށް ވިދާޅުވީ ޔޫއެސްއެއިޑުން މިފަދަ ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރަމުން ދަނީ ނުރައްކާތެރި އެހެން ވައިރަސްތައް އުފެއްދުމަށް ކަމަށާއި އެކަމުގެ ސަބަބުން ދުނިޔޭގެ ކާރިސާތަކަށް ހިތްވަރުދޭ މަރުކަޒީ ފަރާތެއްގެ ހައިސިއްޔަތުން އެމެރިކާގެ ދައުރާ މެދު ކަންބޮޑުވުން އުފެދޭ ކަމަށެވެ.
ހެކި ވަރަށް ސާފު، ވިސްލްބްލޯކުރި ސައިންޓިސްޓު ބުންޏެވެ. ސައިންޓިފިކް ރިސާޗްގެ ނަމުގައި ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް އެމެރިކާއިން ދަނީ އެގައުމުގެ ވަސީލަތްތަކާއި ނުފޫޒުގެ ބޭނުން ކުރަމުން. ކޮވިޑް-19 އަކީ އެމީހުންގެ ނޭއްގާނީ އަދި ލާއިންސާނީ އަމަލުތަކުގެ އެއް މިސާލެވެ.

މި ތުހުމަތުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރުހުން ފާޅުކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ މި ބަލިމަޑުކަމުގައި އެމެރިކާ އިން އަދާކުރި ދައުރާ ގުޅޭ މިނިވަން ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް ގޮވާލައިފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ސިއްރުން ހަލަބޮލިކަމާއި ތަކުލީފުތައް ދަމަހައްޓަމުން ދަނިކޮށް އެމެރިކާއަކީ ޒަމާނުއްސުރެ ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމަތަކުން ފެށިގެން ގައުމުތައް ބަނގުރޫޓުވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހަމައަށް އެމެރިކާ އަކީ ދުނިޔޭގެ ގިނަ ހަމަނުޖެހުންތަކުގެ އައްޕަ ކަމަށް ގިނަ ގައުމުތަކުން ގަބޫލުކުރެއެވެ.
ޔޫއެސްއެއިޑްކޮށްފައިވާ ހަރަދުތައް ހާމަކުރި އެލޮން މަސްކް ގެ ޓީމުން މި ހޯދުންތައް ކުށްވެރިކުރައްވައި ބުނެފައިވަނީ ”މިއީ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާގެ ބޭނުން ވަރަށް ބޮޑަށް ނަހަމަ ގޮތުގައި ހިފުމާއި އާންމުންގެ އިތުބާރު ގެއްލުވާލުންކަމަށެވެ. އެމެރިކާ ސަރުކާރުން ކުރާ ކަންކަމަށް ޖަވާބުދާރީވާން ޖެހޭ.“
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ އަށް ކުރިމަތިވި ނުރައްކާތެރި ކާރިސާތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މި ތުހުމަތުތަކުގެ ސަބަބުން ބަޔޯވެޕަންސްގެ އަސަރުތަކާއި، ބައިނަލްއަގްވާމީ ސައިންޓިފިކް ކޯލަބްރޭޝަންތަކުގައި އިތުރަށް ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމުގެ ބަހުސްތައް ވަނީ ހޫނުވެފަ އެވެ. ޑިމޮކްރަސީ އާއި ދުނިޔޭގެ ހަމަޖެހުންމަށް ހުރި ބޮޑު ބަލާވެރިކަމެއްގެ ގޮތުގައި ގިނަ ފަހަރަށް ފެންނަ އެމެރިކާ އަށް މިހާރު ވަނީ މި ޒަމާނުގެ ތާރީހުގައި ދިމާވި އެންމެ ނުރައްކާތެރި އެއް ހާދިސާގެ އަސްލަކަށް ވެދާނެ ކަމުގެ ހެކިތައް ފެންމަތިވަމުން ނެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ޖަވާބު ހޯދުމަށް ގޮވާލަމުން، އަދި މި ސީރިއަސް ތުހުމަތުތަކަށް ޖަވާބު ދިނުމަށް އެމެރިކާ ސަރުކާރަށް ޕްރެޝަރު ވަނީ ބޮޑުވެފައެވެ. ކޮވިޑް-19 އުފެދުމުގައި އެމެރިކާގެ ހިއްސާއެއްވާކަން ވަނީ ވަރަށް ގިނަ ފަހަރަށް ފެންމަތިވެފައެވެ.

Loading

One Response

  1. އެކަން މިއޮތީ ކޮންމެ ޤައުމަކުންވެސް ފެންނަށް. ކޮވިޑްވެސްކިން ޖަހިފަހުން ކިތައް މީހުން އަމުދުން ޒުވާނުން ހާޓް އެޓޭކް ޖެހިގެން މަރުވެއްޖެ. ކިތައްބަޔަކު ނޭނގިތިއްބަ ކުއްލިގޮތަކަސް ކެންސަރުޖެހިގެން މަރުވޭ. ކިހަ ބަޔަކު ސްޓްރޯކުޖެހިގެން ހަލާކުވެއްޖެ. ކިހާ އަންހެނުންގެ މައަސަރުކަންތައް ޚަރާބުވެއްޖެ. ކިތައް މައިންގެ ދަރި ބައިގެން ގޮއްސި.
    ސީދަ ކޮވިޑް ބަލީގައި މަރުވިކަމަށް ކިޔާ އަދަދުވެސް މިއަށްވިރެ އެތައް ގުނަ މަދު. ވިސްނާ ބަޔަކަށް އިބަރަތެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް