ސްޓެލްކޯ ހިޔާ ފުލެޓަކުން ވެއްޓުނު މީހަކު މަރުވެއްޖެ

Loading

February 10, 2025
profile
Facebook
Twitter
WhatsApp

ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ މަތިން މީހަކު ވެއްޓި މަރުވެއްޖެ އެވެ. އެމްވީ ކްރައިސިސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މީހާ ވެއްޓުނީ 9ވަނަ ފަންގި ފިލާއިންނެވެ.

އެނގިފައިވާ ގޮތުގައި، އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު، އެ މީހާ ވެއްޓިފައި އޮއްވައި ފެނުނީ މިއަދު ވަރަށް ލަސްވި ފަހުން ހަވީރު ކަމަށް އެނގިފައި ވެ އެވެ.

ފުލުހުން ބުނީ ސްޓެލްކޯ ޓަވަރު ސީގެ ބިއްދޮށް ފަޅީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.

ނަމަވެސް ފުލުހުން ބުނީ އެ މީހާ މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް