ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރައީސްކަމަށް ހޮވުނު ދުވަހު އަހުރެން އުފަލުން ރޮވުނެވެ. ޝުކުރުގެ ސަޖިދައެއް ކުރީމެވެ. ހެޔޮ އިޙްސާންތެރި ވެރިއަކަށްވާނެ ކަމަށް އުއްމީދުކޮށް އޭނާ ހޮވުމަށް ކުރި މަސައްކަތް ކާމިޔާބުވި ކަމަށްޓަކައެވެ.
ނަމަވެސް މިއަދު ތަފާތެވެ.މިއަދު ރޮވެނީ، އޭނާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީއެވެ. ދަންނަ މީހުންނާއި ނުދަންނަ އެތައްބަޔަކު އެކަމާ ހިތާމަ އެބަ ކުރެއެވެ.
މިހާ އަވަހަށް ރައްޔިތުންގެ ތާއީދު ގެއްލުނު ވެރިކަމެއް ނުދެކެމެވެ. މިއީ އަޅުގަނޑު ނޫން ކިތަމެ ބަޔަކު ބުނާތީ އިވޭ ވާހަކައެކެވެ. ބޮޑެތި އާބާދީތަކުންވެސް އޭނާގެ ސަރުކާރު ރަނގަޅޭ ބުނާ މީހަކާއި ދިމަލެއް ނުވެއެވެ. ޓެކްސީ ޑްރައިވަރެއް މަސްވެރިއެއް ވިޔަފާރިވެރިން ވެސްމެއެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވެސް ހެޔޮމަގުން ކަސިޔާރުވީ ހިނދު އެ ވެރިކަން ނިމޭނެ ދުވަހެއް ދެއްކެވުމަށް އެދި ދަމުނަމާދުކޮށް ހެދިތާ ހަފްތާއެއް ނުވަނީސް ވެރިކަން ވެއްޓޭނެ ގޮތް ހުވަފެނުގައި މާތް ﷲ މިއަޅާއަށް ދެއްކެވިއެވެ.
މޫނުގެ އެއްފަޅީގައި ، ލޮލާއެކު ގޮސް ފޮތިގަނޑެއް އަޅުއްވައިގެން ބަނޑޭރި ކޮށްޓާ ދިމާލަށް ދާތަން ފެނުނެވެ. ހުވަފެން ތަޢުބީރު ކުރުމުން އެ މަނިކުފާނުގެ ވެރިކަން މާގިނަ ދުވަހު ނޯންނާނެ ކަމަށް ތަޢުބީރު ކުރެއްވި ފަރާތުން ބުނުއްވިއެވެ. އެ މަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައީ ހުވަފެނުގައި ފެނުނު ގޮތަށެވެ. واجعل لي من لدنك سلطانا نصيرا (سورة ألإسراء آية 80)
ކިތަންމެ މޮޅޭ ހިތަށް އަރައި މާތްﷲ ގަންދީ ހުވާކޮށްގެން މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި ދޮގާއި މަކަރާއި ޙީލަތްތެރިކަމާއެކު ވެރިކަން ދެމެހެއްޓޭނެ ކަމަކަށް ނުދެކެމެވެ.
60 ރޭ ވަންދެއް މާތްﷲ އަށް ޙަމްދުކޮށް ވެރިކަން ހޯދުމަށް ކިޔެވެލި ކިޔަވައިގެން ވެރިކަންވެސްި ލިބިދާނެތެވެ. އެހެނީ މުސްލިމުން ކަމަކަށް އެދި ﷲ ޙަޒްރަތުގައި ދުޢާ ދެންނެވުން ދުޢާ އިޖާބަ ކުރައްވާށިއެވެ. އެއީ އެ ނިކަމެތި އިންސާނާއަށް އަންނަ ޓެސްޓެކެވެ. އިމްތިޙާނުން ފާސް ނުވުމުން އެ ދެއްވި ވެރިކަން ހިތިގޮތަކަށް ހިއްޕެވުމަށް ކުޅަދުންވަންތަވޮޑިގެން ވެއެވެ.
ނަޝީދުގެ ވެރިކަން ވެއްޓުނު ރޭގައި އޭނާ އެނބުރެމުން ސެނބުރެމުން އެ ޖެހި ސަކަރާތްތަށް ހިތަށް ގެންނަވާށެވެ.
ހަމަ ”ކުން ފަޔަކޫން“ އެވެ.
ރޭގައި ގިނަ ރައްޔަތުންތަކެއް ނިކުމެ އެ ކުރި އިޙްތިޖާޖަށް ރައީސް މުޢިއްޒުއާއި އޭނާގެ ބައިވެރިން ހަޖޫ ޖަހާފައި ހޭން ނުތިބެ ރައްޔަތުންވާ ވައްދައިގެން ވެރިކަން ކުރެވިދާނެކަމަށް ނުބެލުން ބުއްދި ވެރިއެވެ.
ތެދައް ބުނާނަމަ ވެރިކަން ލިބިފައިވީ ނަމަވެސް ރައީސް މުޢިއްޒު އަކަށް މިއަދު ގައުމުގެ 10% ތާޢިދެއްވެސް ނެތެވެ.
6 Responses
RN verikan kurehvee raiyyathunnan laabayaai manfaa hoadhumah. Siyaasee meehunnakahnoon. Siyaasee meehunnaheevee dhen midhaa gothun emeehunnan verikameh nulibeyne hen. Haassakoh RM ge meehun
ކާކުތޯ މުއިއްޒަށް ތާއިދު ކުރަނީ؟ އިބޫ އާއި އެމްޑީޕީ ދެކޮޅު، އަންނި އާއި ދަނޑިމޯ ޕާޓީ ދެކޮޅު. ޕީޕީއެމް 80% ދެކޮޅު ( އަދި އުވާލިނަމަވެސް)، ޔާމީނާއި ޕީއެންއެފް ދެކޮޅު. މަސްވެރީން ނާއި ޓެކްސީ އަދި ބޮޑު މެދު ކުދި ވިޔާފާރިވެރީން ރެޑްވޭވް އާއި ހެޕީ މާރކެޓް ފިޔަވައި، ދެކޮޅު. ދެން ކާކުތަ ތިބީ. ދައުލަތުގެ ކުންފުނިތަކުގައި ކަމެއް ނުކޮށް މުސާރަ ލިބޭގޮތަށް ލައިފާތިބި މީހުންވެސް ގިނަ މީހުން ދެކޮޅު. ވަޒީފާއަށްޓަކާ ތިބެނީ. އިންޑިޔާ ދެކޮޅު. ސަޢޫދީން ޝަހީމް ބުނެގެންވެސް ތެޔޮހޮޅި ނުދިންތާ ކާއެއްޗެއްވެސް ނުދިން. ޗައިނާ ދެކޮޅު. އޭނާގެ މެންޓޯ އަދުރޭވެސް މިހާރު ދެކޮޅު. ދޯކާ ދޯކާ. އެންމެނަށް ދޯކާ ދީފާ ދައުލަތުގެ ޚަޒާނާގެ ދަހިވެތިކަމުގައި އުޅޭ 20 މީހުން ގޮވައިގެން ވެރިކަމެއް ނުކުރެވޭނެ ނޫންތޯއެވެ. ދެން ރަންގަޅުވާނީ އަދިވެސް ދޮގުވަޢުތައް ނުވެ ދޯކާ ދީފައިވާ މީހުންކައިރިން މަޢާފަށް އެދި އިސްލާހް ވިއަޔާއެވެ. ނަމަވެސް ދެން އިސްލާޙުވާންވެސް ޗާންސް އެއް ނެތްކަން ނޭންގެއެވެ.
މިއަށްވުރެ ތާއީދު ބޮޑު ވެރިއަކު މިފާއިތުވި 40 އަހަރުގެ ތެރޭގައި ވެރިކަމަށް އަރާފައެއް ނެތެވެ. ބަޔަކު ހަލާކުކޮށް ފަނާ ކޮށްލި ޤައުމު ނަގައި ކޮޅަށް ޖަހައިފިއެވެ. އެމްޑީޕީގެ ރޭގެ މުޒާހަރާއިންވެސް އެކަން ސާބިތުވެއެވެ. ހުރިހައި ޙަރާމް ތަކެއްޗާއި ކަމަކުން ތާހިރުވެ ހުރި ތެދު ހުވަފެން ފެންނަ ދުޢާ އިޖާކުރާ މީހަކު ތި ހުރިހައި އަނގައެއް ނުތަޅައި އަވަހަށް ދުއާ ކުރަން ފަށަން ވީނޫންތޯ؟ އިބުނު ސަލޫލަށްވުރެވެސް ކަލޭ މޮޅުކަމަށް ފެންނަނީ! އަވަސްކުރޭ! އިރުކޮޅަކުވެސް މަޑުކުރާނެކަމެއްނެތެވެ.
އެމްޑީޕީ ވެރިކަމުގައިވެސް ހިންގި ކޮރަޕްޝަން މަދެއްނޫން. ވެންޓިލޭޓަރުން ފެށިގެން ގޯތިދިނުމުގައިވެސް ރައްޔިތުންނަށް އޮޅުވާލާ މަކަރު ހަދާފަވަނީ. ވެރިކަމުގެ ބާރާއި ސުޕަމެޖޯރިޓީއާއިއެކު ޤާނޫނު ހެދުމުގެ ބާރު ލިބުމުންވެސް ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ކޮރަޕްޝަން ފެތުރިގެންގޮސް ދަރަނި ދިޔައީ އިންތިހާއަށް އިތުރުކޮށްފަ. މިފަދަބެއް އައިސް މިހާރުގެ ސަރުކާރުގެ ހިންގަން ތިބި ބަޔަކަށް ފާޑު ކިޔުމުގެ ބަދަލުގައި ޕާޓީތެރެ އިސްލާހުކުރުން މުހިންމު. އޭގެފަހުން ޕާޓީ ރަނގަޅުކުރަންކުރި މަސައްކަތުގެ ތަފްސީލު ރައްޔިތުންނަށް ބުނެދޭންޖެހޭ. އެވެސް ވެރިކަމުގެ ވާހަކަ ދެއްކުމުގެ ކުރިއަށް. މިހާރު ތިބި މީހުން ޖަރީމާ ހިންގާނަމަ އެކަން އިސްލާހުކުރަން މަސައްކަތްކުރަންޖެހޭނެ. އެކަމަކު ނަފްސު އިސްލާހުކުރުން އިސްކުރަންޖެހޭ.
އެހެންވެ ރައްޔަތުން އެމީހުން ދެފަހަރުމަތީންވެސް ބަދަލު ކޮށްލީ. އެހެންވީމާ ކުރީ ސަރުކާރު ކުރީ ސަރުކާރު ކިޔައިގެން ހަމަޖެއްސޭކަށް ނެތެވެ. ރައީސް ޔާމީނަށާއި ޕީޕީއެމްގެ އެންމެނަށް ލަނޑު ދީފާ މިހާރު އޭނާގެ މެންޓަރ އަދުރޭއަށްވެސް ލަނޑުދީ ފަލީހަތް ކޮށްލީއެވެ. މީނާ ލަނޑު ނުދޭނެ މީހެއް ނެތެވެ. އަސްލުވެސް ދެން ފުދިއްޖެ.
Thiyahaa varah huvafenah baroasaave aqeedhaage nazariyyathakun visnumakee hithaama huri kameh! Anehkolhun ehves buradhaneh neiy adhadhuthakun hisaabu jehumun dheyhavanee noosverikamuge professional kamaai zinmaadhaaru kameh nehkan