ބޯންމެރޯ ހެދި 6 ކުއްޖަކު ފަރުވާއަށްފަހު ރާއްޖެއަށް އައިސްފި

Loading

Facebook
Twitter
WhatsApp

ބޯންމެރޯ ހެދި 6  ކުއްޖަކު ފަރުވާއަށްފަހު ރާއްޖެއަށް އައިސްފިއެވެ.

މިކަންހާމަކޮށް ހެލްތު މިނިސްޓްރީން ބުނީ ތެލެސީމިއާގެ ފަރުވާއަށް ބޯމްމެރޯ ހެދުމަށް މި ވަގުތުވެސް 22 ކުއްޖަކު ވެއިޓިންގ ލިސްޓްގައި އެބަތިބި ކަމަށެވެ.

މިނިސްޓްރީގެ ތަރުޖަމާނު ބުނިގޮތުގައި، ވޭތުވެދިޔަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް ފޮނުވުނެވެ. މީގެ ތެރެއިން 7 ކުދިން ފަރުވާ ކާމިޔާބުކަމާއެކު ނިންމައި އެނބުރި އައިސްފައިވާއިރު، އަނެއް 7 ކުދިން އަދިވެސް ރާއްޖެއިން ބޭރުގައި ފަރުވާ ކުރިއަށްގެންދެއެވެ. މީގެތެރެއިން އެއް ކުއްޖަކު ފަރުވާގެ ތެރޭގައި ވަނީ ނިޔާވެފައިވެއެވެ.

ރާއްޖެއިން ބޭރުގައި ތިބި ކުދިންގެ ތެރެއިން 3 ކުދިން އަންނަ މަހު ރާއްޖެ އަންނަން ހަމަޖެހިފައިވާއިރު، އަނެއް 4 ކުދިން ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާ ކުރިއަށްގެންދެއެވެ.

މި މަސައްކަތުގެ ތެރެއިން، ފަހުން ބޯންމެރޯގެ ފަރުވާ ނިންމި 6 ކުދިން ރާއްޖެ އައިސްފައިވެއެވެ. މިއީ އެ ކުދިންގެ އާއިލާތަކަށާއި މުޖުތަމަޢުއަށް އައު އުންމީދެއް ގެނެސްދިން ކަމެކެވެ.މި އަހަރު އިތުރު 10 ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ތައްޔާރީތައް ކުރިއަށްދާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.މީގެތެރެއިން 5 ކުދިން ސްޕެޝަލިސްޓުންގެ ފަރުވާ ލިބިފައިވާއިރު، އެ ކުދިންގެ ފަރުވާގެ އިންތިޒާމުތައް ވަނީ ނިމުމަކާ ގާތްވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް