ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމަށް ފާޑުވިދާޅުވެ، އީމެއިލުން ފޮނުވި ”ސަންދާނު“ ނޫހުގެ މައްސަލައިގައި ޖަލަށްލި ސަންދާނު އަޙްމަދު އިބްރާހިމް ދީދީ ނުވަތަ މަޝްހޫރު ސަންދާނު އަހަންމައިދީއަކީ ރާއްޖެއަށް ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރެއްވި ޑިމޮކްރެސީގެ އެއް ބަތަލެވެ.
އޭނާއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ “އަނިޔާވެރި“ 30 އަހަރުވީ ވެރިކަމަށް ފާޑުކިޔުމުގައި ދެމިހުންނަވައި، މުޙައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް 2008 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރައްވައި އަދި ނަޝީދުގެ ވެރިކަން އަނިޔާވެރިކަމަށް ބަދަލުވަމުން ދިއުމުގެ ސަބަބުން ނަޝީދު ވެރިކަމުން ދުރުކުރެއްވުމަށް ފާޅުގައި ބައިވެރިވެވަޑައިގެން ނަޝީދުގެ “ނުފެތޭނެ ކަމަށް ބުނާ އޮޑި“ ފައްތާލުމުގައި އިސް ނެންގެވި އާރުކާޓީއެކެވެ. އެހެންވެ ނަޝީދުގެ ވެރިކަމުގައި އޭނާ ހައްޔަރު ވެސް ކުރިއެވެ.
އަހަންމައިދީގެ ޑިމޮކްރަސީ ލެބްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން:
ޝަރުއީ ނިޒާމު ހަރުދަނާކުރުން.
ޑިމޮކްރަސީއަށް އަހުލުވެރިކުރުން.
އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުވުން.
ގައުމުގެ އެއްބައިވަންތަކަށް ދެމެހެއްޓުމަށް މަސައްކަތް ކުރުން.
2023 ވަނަ އަހަރު އޮގަސްޓު 22 ވަނަ ދުވަހުގެރޭ އަވަހާަރަވި ސަންދާނު އަހަންމައިދީގެ ޚިދުމަތްތަކުގެ ވާހަކަ ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެއެވެ.
ޑާޓޯ މުޙައްމަދު ޒަކީ ނުވަތަ ނަޒާކީ ޒަކީ މިއަދު ވިދާޅުވީ
މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު “އަޅުގަނޑަށް އެންމެ ބޮޑަށް މިސްވަނީ އައްޑޫއަށް އުފަން ޢިއްޒަތްތެރި ގައުމީ ބަތަލް އަޅުގަނޑުމެންގެ ސަންދާނު އަޙަންމައިދީ“ ކަމަށެވެ.
“ގައުމީ ކަމެއްގައި ނޫނެކޭ ވިދާޅުވާކަށް ނުވެސް އެނގެނީ“ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ޒަކީ ވިދާޅުވިއެވެ.
”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު 14 ގައެވެ.
ނަޒާކީ ޒަކީ ވިދާޅުވީ އައު ސިޔާސީ ޕާޓި ހެދުމަށް ނިންމެވީ ސިޔާސީ ގޮތުން ވެރިކަން ކުރި އަދި ކުރަމުންދާ ޕާޓީތައް ފެއިލްވެ، ރައްޔިތުން މާޔޫސް ކޮށްލައިފައިވާތީ، ކޮންމެ ބަޔަކުވެސް އެބަޔެއްގެ އަމިއްލަ އެދުން ކުރިއަށް ނެރެ ރައްޔިތުންނަށް ދޯކާ ދެމުން ދާތީ ކަމަށެވެ.
ޒަކީ ވިދާޅުވި ގޮތުގައި މި ޖަމާއަތް ލީޑްކުރައްވާނީ 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޖާނާއި މާލުން ގުރުބާންވި ޕީޕީއެމްގެ ދާއިރާގެ ރައީސުންނާއި ބައެއް ސްޓިއަރިން ކޮމެޓީގެ މެމްބަރުންނެވެ.
އެމްސީޕީން އަމާޒު ހިފާފައިވަނީ ޕާޓީގެ އިފްތިތާޙީ ޖަލްސާ ފެބްރުއަރީ މަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި ބޭއްވުމަށެވެ.
އަލަށް އުފައްދާ އެމްސީޕީގެ އަށް އަސާސެއް ވެއެވެ.
އެ އަސާސްތަކަކީ:
“މަގޭ ޤައުމު – މަގޭ ނިންމުން“
ޤައުމު ދަރާވިކިގެން ދިޔަ ނުދިނުން
ދޮގުގެ މައްޗަށް ދޮގުހަދާ އޮޅުވާނުލުން
ތިންބާރު އެއްކޮށް ނުލުން
ހަމަހަމަކަމާއި ޢަދުލު އިންސާފު
ސިޔާސީ މަޤާމުތައް ލިމިޓްކުރުން
ދައުލަތުގެ ކުންފުނިތައް ވީހާވެސް މަދުކުރުން
ވިޔަފާރިވެރިންނަށް ވިޔަފާރިކުރުމުގެ ފުރުޞަތު އިތުރުކޮށްދިނުންް
One Response
އެއީ ހަމަ ތެދެއް. ޒަކީގެ ސަންދާނުގެ މޭސްތިރިއަކީ
އަހަންމައިދީ އެވެ. އެ ދެމީހުން އެއީ ވަރަށް ޒަމާންވީ ދެ
އެކުވެރިންނެވެ. އަހަންމައިދީ ދުނިޔޭގައި ހުންނެވިނަމަވެސް
ޒަކީގެ ތިޔަ އެމްސީޕީ އަށް އައްޑޫ އިން ގިނަ ބަޔަކު
ހޯދީސްކަން ޔަގީނެވެ. އެ މީހުންހެން ޖާނާއި މާލުން ގައުމަށްޓަކައި ގުރުބާން ވެލާންކެރުނު މީހުން މަދެވެ.