ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަނީ: ބިން ވިއްކުމުގެ މައްސަލައަކާ ގުޅިގެން އެޗްޑީސީގެ ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި

Loading

December 19, 2024
profile
Facebook
Twitter
WhatsApp

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތައް ހައްލުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮރަޕްޝަނާއި ދުރު ލީޑަރޝިޕްގެ ދަށުން ސަރުކާރުން ވަނީ ކެރިގެން ފިޔަވަޅުތަކެއް އަޅާފައެވެ. ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގުމަށް ކުރާ މަސައްކަތުގައި، ގޯތިތައް އޮޅުވާލައިގެން ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންގެ ތަހުގީގެއް ކުރިއަށްދާންދެން ޗެއާމަން އަހުމަދު ނަސީފް ފިޔަވައި އެޗްޑީސީގެ ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި އެވެ.

ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ރެގިއުލޭޓަރީ ބޮޑީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ މެމްބަރުން ސަސްޕެންޑް ކުރިކަން އިއުލާން ކުރީ މިއަދުގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގަ އެވެ. މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވަނީ ވަކި ގޮތެއް އަންގަންދެން މަގާމުން ސަސްޕެންޑުކޮފައެވެ.

މި ތަހުގީގު ކުރިއަށް ގެންދަނީ ސަރުކާރުގެ ސްކީމެއްގެ ދަށުން ގޯތި ލިބުމުކަމަށް ދައުވާ ކުރުމަށް ފޯޖް ލިޔެކިޔުންތައް ބޭނުން ކުރާ ކަމަށް ރިޕޯޓް ކުރުމުންނެވެ. ގަވާއިދާ ހިލާފަށް ވިއްކުމުގައި އެޗްޑީސީ ބައިވެރިވި ކަމަށް މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދޮގުކުރި ނަމަވެސް އާންމުންނަށް ފެންމަތިވެފައިވާ ހެކިތަކުން މަތީ ފެންވަރުގެ އޮފިޝަލުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފުލުހުންނާއި އޭސީސީގެ ތަހުގީގު ކުރިއަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ގޯތި ހޯދުމަށް ވަގު ލިޔެކިޔުންތައް ބޭނުންކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ހެކި ހޯދުމަށް އިއްޔެ ހަވީރު އެޗްޑީސީގެ އޮފީސްތަކަށް ވަނީ ވަދެފަ އެވެ. އޭސީސީން ވަނީ ކޮރަޕްޝަނާ މެދު ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސް ސްޓޭންސް އިތުރަށް ހަރުދަނާކޮށް، ޕެރެލަލް ތަހުގީގެއް ވެސް ފަށާފަ އެވެ.

ސަސްޕެންޑް ކޮށްފައިވާ އެޗްޑީސީގެ ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެނީ؛

  1. އަޒްހާރު އަބްދުﷲ ސައީދު
  2. އިބްރާހިމް ޔޫސުފް ފުޅު
  3. މުހައްމަދު ވިޝާމް
  4. އުލާ މުހައްމަދު ރަޝީދު
  5. އާރިފް އަބްދުއްސަމަދު
  6. މުހައްމަދު ނާޖިލް
  7. މުހައްމަދު ވަހީދު
  8. ފާތިމަތު މިޒްނާ އަލީ
  9. ޔޫސުފް ވަހީދު

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި، ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަކަށް އެއްވެސް އުނިކަމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް