ކ.ގުރައިދޫގައި ނިޔާވެފައި އޮއްވާ ފެނުނު ހަތަރު މަހުގެ ކުއްޖާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވީ އިންޑިއާއަށް ކަމަށެވެ.
އިންަޑިއާއަށް ފޮނުވީ މިއަދު 12:00 ގެ ފުލައިޓުގައި ކަމަށް ފުލުހުން ބުންޏެވެ.
ކުއްޖާގެ ޚަބަރު ހުސްވެފައި އޮތުމުން ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުގެރޭ މެންދަމުއެވެ.
ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނުއްވާފައެވެ.
ނިޔާވެފައި އޮތްއިރު ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.