މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

Loading

December 3, 2024
profile
Facebook
Twitter
WhatsApp

މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮތް މީހަކު ފެނިފައިވަނީ މއ.ހުދުއަކިރި ގެއިންނެވެ.

މިއަދުގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ގޭގެ މީހެއް ކަމަށްވާ އުމުރުން 53 އަހަރުގެ ޢަބްދު ﷲ ޙަސަނެވެ.

އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށާއި، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް