މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %82 ދަށަށް

Loading

Facebook
Twitter
WhatsApp

މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %82 ދަށަށް ގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އިއްޔެ ބުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުން ނިމުމަކަށް ގެނެވިފައިވާ ކަމަށާއި، މީގެ އިތުރުން، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން ބޭރުން ރަޖިސްޓަރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ގެނެވުނު ބަދަލުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު (އޮކްޓޫބަރު 31 އާ ހަމައަށް) މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %74.1 މިހާރު ދަށްވެފައިވާ ކަމަށެވެ. އަދި ދެފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތްވެސް %8.1 މަދުވެފައިިވާ ކަމަށެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދަށް އެއްގަމު އުޅަނދު އިތުރުވަމުން ދިޔަ މިންވަރު ވަރަށް ބޮޑުތަނުން ދަށްވެގެން ގޮސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް