ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅެފި

Loading

November 12, 2024
profile
Facebook
Twitter
WhatsApp

ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ރޭ ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑްކުރި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ 9022، ތޮލާލު މުޙައްމަދު (37 އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް