ނައިބު ރައީސް ސަމޯއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Loading

Facebook
Twitter
WhatsApp

ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024)ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އޮކްޓޫބަރު 21 އިން 26 އަށް ނައިބު ރައީސް ކުރެއްވި މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޚަލީލާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރިކްރިއޭޝަން، ރާފިޢުއާއި، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ. އިރުތިޝާމް އާދަމާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ޗޮގަމް 2024 ގެ މައިގަނޑު ބައްދަލުވުމާއި ހަވާސާ އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން، ރާއްޖެއާ ގުޅުންހުރި، ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން ޗޮގަމް ކްލައިމެޓް ބްރެކްފާސްޓް: ބިލްޑިންގ ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓާގެޓްސް އިން ދަ ކޮމަންވެލްތު އާއި، ކޮމަންވެލްތު ބިޒްނަސް ފޯރަމް: އައިލެންޑް ލީޑަރސް ރައުންޑް ޓޭބަލް އަދި އެސްއެމްއައިގެ ސީއީއޯ-ލީޑަރސް އިވެންޓުގައި އެމަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ނައިބު ރައީސް ވަނީ ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ.

އަދި ޗޮގަމް 2024ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި ވެސް، ނައިބު ރައީސް ވަނީ ތަފާތު އެކި ދާއިރާތަކާއި ގުޅުންހުރި މައުޟޫޢުތަކަށް ވާހަކަފުޅުދައްކަވައި، ތަފާތު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް