ޓެކްސް އެޕީލް ޓްރައިިބިއުނަލްއަށް 4 ބޭފުޅުން އައްޔަންކުރަން މަޖިލީހުން ރުހުންދީފި

Loading

Facebook
Twitter
WhatsApp

ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ ހަތަރު މަގާމަށް ބޭފުޅުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ 4 މަގާމަށް 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ކުރިމަތިލެއްވި ބޭފުޅުން:

ޙަސަން ޒުހައިރު މުޙައްމަދު، ގ.މާވާރުލު

ޢާއިޝަތު އާދަމް، ރިވެލި / ރ.އަލިފުށި

އިބްރާހީމް ޝަރީފް، ގ.އަލިޝާ

އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ / ގއ.ނިލަންދޫ

އަޙްމަދު ސަޢީދު، މ.ފަތްކޯނި ހުޅަނގުބައި

އަލްއުސްތާޒު ޢަބްދުالله ޢަބްދުލްޙަކީމް، އަޛާން ޕެލަސް / ޅ.ނައިފަރު

އަލްއުސްތާޒު މުޙައްމަދު އަމީން ޒާހިރު، ނީލާ / ސ.ހިތަދޫ

އަލްއުސްތާޒު މުޙައްމަދު ފާރިސް ޠާހާ، ހ.ސޯސަން

އަލްއުސްތާޒު ޢަބްދުލްޣަނީ މުޙައްމަދު، ހ.ހޯސްޓްސައިޑް

އަލްއުސްތާޒު އަޙްމަދު ޢަލީ، ހުޅުމާލެ.ފްލަޓްނަންބަރު 01-ޖީ-108

އަލްއުސްތާޒު ޢަލީ ރިޟާ އިސްމާޢީލް، ހުޅުމާލެ.ހިޔާ 03-13-2

އަލްއުސްތާޒާ ފާޠިމަތު ޝަފީނާޒް، ހުޅުމާލެ. ގޯތި ނަންބަރު 11021

އަލްއުސްތާޒު މަޖީދު ޢަލީ، މަތަރަސްމާގެ، ގއ.ދާންދޫ

މި ބޭފުޅުންގެ ތެރެއިން ޙަސަން ޒުހައިރު މުޙައްމަދާއިއިބްރާހީމް ޝަރީފާއި ޝިފްޒާ ޢަބްދުލްޤައްޔޫމާއި ޢަބްދުލްޣަނީ މުޙައްމަދަށް ރުހުން ދިނުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ 4 މަގާމެއް ހުސްވީ މަގާމުގެ ނުފޫޒުު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގިކަން ފާހަގަވުމާ ގުޅިގެން، އެ ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރެއިން 4 މެންބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުން އެ މެންބަރުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް