ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ.
ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުޙައްމަދު ޝޯއިބް (41 އ) އާއި، އައިޝާ (38 އ) ކިޔާ މީހެކެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން އަމުރުކުރީ 3 ދުވަހަށް އެ ދެ މީހުން ބަންދުކުރުމަށެވެ.
ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ ތަރުޖަމާނަކު ހަމަޖެހިފައިނުވާތީ ކަމަށް ކޯޓުން ނެރުނު އަމުރުގައިވެއެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ ދެ މީހުން ރާއްޖެ ގެނައި ލަގެޖުން ކޮންސީލްކޮށްފައިވާ ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. ނަމަވެސް ފެނިފައިވަނީ ކޮން ބާވަތެއްގެ މަސްތުވާއެއްޗެއް ކަމެއް ބުނެފައެއް ނުވެއެވެ.
One Response
Avahah dhookollaa india meehun hayyaru nukureveyne