ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މައްސަލައެއްގައި އެކަކު ހައްޔަރުކޮށްފި

Loading

October 16, 2024
profile
Facebook
Twitter
WhatsApp

އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މައްސަލައެއް މި މަހު 14 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުން މި އަމަލު ހިންގުމުގައި ދެ ފިރިހެނަކު ވަނީ ބައިވެރިވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް