ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

Loading

October 14, 2024
profile
Facebook
Twitter
WhatsApp

ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އއ.ގަންގެހި ރިސޯޓް ބޭރަށް ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިއެއް މަރުވެފައިވާކަމުގެ ރިޕޯޓު ލިބުނީ އިއްޔެ 11:22 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މީހާއަކީ ރަސްދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ 27  އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ގަންގެހި ރިސޯޓު ސަރަހައްދު. ފޮޓޯ: ޓްރިޕް އެޑްވައިޒަރ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް