މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަށް ބަދަލު ގެނެސްފި

Loading

October 13, 2024
profile
Facebook
Twitter
WhatsApp

މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަށް ބަދަލު ގެނެސްފިއެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު ބުނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާ ކަމަށެވެ.

މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ މެއި މަހުގައެވެ. އޭރު ނިސާބުގެ މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 9353.40 ދިވެހި ރުފިޔާއެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް 82.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 17.8 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނީ 70 މިލިއަން ރުފިޔާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް