އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޖެނީވާއަށް

Loading

October 13, 2024
profile
Facebook
Twitter
WhatsApp

އިންޓަރ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ.

މަޖިލީހުގެ ބައެއް މެންބަރުންނާއެކު އެމަނިކުފާނު ޖެނީވާއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި ޢަބްދުއްރަޙީމްގެ އަރިހުގައި ޖެނީވާއަށް ވަޑައިގަތީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދާއި، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލެވެ.

މިއަދުން ފެށިިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައިޕީޔޫ 149 ވަނަ އެސެމްބްލީގައި 150 އަށްވުރެ ގިނަ ގައުމުތަކުގެ މަޖިލިސްތަކުން ބައިވެރިވެއެވެ.

އައިޕީޔޫގެ މިފަހަރުގެ މައުޟޫއުއަކީ ސުލްހަވެރި، ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި) ގެ ބޭނުން ހިފުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް