އިންޑިއާއިން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް

Loading

Facebook
Twitter
WhatsApp

އިންޑިއާއިން ދިވެހިރާއްޖެއަަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދިނުމަށް މިއަދު އެއްބަސްވެއްޖެއެވެ.

ެދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުން ބަދަލުކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ޝްރީ އަޖޭ ސެތުއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުން މި ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވެގެންދާނެއެވެ. އެއީ  ޑޮލަރާއި ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.

މިގޮތުން ފްރޭމްވަރކް އޮފް ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2024-2027 ގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކިފަހަރު މަތިން ސްވޮޕް ނެގޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ އިތުރުން މިއަދު ވަނީ އިތުރު 4 އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

އެ އެއްބަސްވުންތަކަކީ:

ކޯޕަރޭޝަން ބިޓްވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ރާޝްތްރިޔާ ރަކްޝާ ޔުނިވަރސީޓީއާ ދެމެދު އެކުލަވައިލި އެއްބަސްވުން.

ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު ގާއިމުކުރެވުނު އެއްބަސްވުން.


ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާއާ ދެމެދު ގާއިމުކުރެވުނު އެއްބަސްވުން.

އެކްސްޓެންޝަން އޮފް މެމޮރަމްޑަން އޮފް އަންޑަސްޓޭންޑިންގ ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް