ޒަޚަމްތަކާއެކު މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ޒަޚަމްތަކާއެކު މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ޒަޚަމްތަކާއެކު އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުކުރީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ. އެ މީހާއަކީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ހާމަނުކޮށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ފޮޓޯ: ވޮއިސް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް