ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ

Loading

September 26, 2024
profile
Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނީ “Ablor Myad Yosef“ ގެ ނަމުގައި ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ މީހަކު ކުރި ކޮމެންޓެއްގައެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނީ އެމަނިކުފާނުގެ ސޯޝަލްމީޑިއާ ޕޭޖުން ރޭ ގެނެސްދިން ލައިވްއަށް ކުރި ކޮމެންޓެއްގައެވެ.

ރައީސްގެ ޕޭޖުން އޭރު ލައިވްކުރަމުން ދިޔައީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ރޭ ދެއްވި ތަގުރީރެވެ.

ފުލުހުން މިއަދު ބުނީ “Ablor Myad Yosef“ ގެ ނަމުގައި ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ މީހަކު، ރައީސް ޑރ. މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް